logo
E-Platinum
ކުޅިވަރު

ޖަރމަން ބުންޑެސްލީގާ: ޑޯޓްމަންޑާއި ބަޔާންމިޔުނިކް ގެ ގަދަހިފުން ހަމަހަމަ

އަބްދުﷲ ޣާނިމް
1 ޑިސެމްބަރު 2024 - 06:06
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓަރސް
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓަރސް

ބުންޑެސްލީގާގެ ތާވަލުގެ އެއްވަނައިގައި އޮތް ބާޔަން މިއުނިކް، ބޮރޫސިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެއްޖެއެވެ. ޑޯޓްމަންޑުގެ ދަނޑުގައި ކުޅެވުނު މިމެޗުން އެއްވަރުވީ މެޗުގެ ފަހު ވަގުތުތަކޮޅުގައި ޖަމާލް މުސިއާލާ ޖެހި ލަނޑުން ބާޔަން މިއުނިކް ގޯލެއް ޖަހައިގެންނެވެ.

މެޗުގެ ޑޯޓްމަންޑުގެ ގޯލުޖެހީ މެޗުގެ 27 ވަނަ މިނެޓުގައި ޖެއިމީ ގިޓެންސްއެވެ. އަދި އޭގެ ވަގުތުކޮޅެއްފަހުން ބާޔަންގެ ފޯވާޑް ހެރީކޭން އަށް ގޯލެއްޖަހާނެ ހުސްފުރުސަތެއްލިބިގެން ދިޔަނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑުން މޮޅަށް ކުޅުނުނަމަވެސް، ދެވަނަ ހާފުގައި ބާޔަން މިއުނިކް ވަނީ ކުޅުން ރަނގަޅުކޮށް ގޯލުޖަހާނެ ގިނަފުރުސަތުތަކެއްހޯދާފައެވެ. އެގޮތުން މެޗުގެ ފަހު 5 މިނެޓުގައި މައިކަލް އޮލިސޭގެ ކްރޮސް ބޮލުން ޖަހައި މުސިއާލާ ވަނީ ނަތީޖާ ހަމަކޮށްދީފައެވެ. މިގޯލާއެކު މުސިއާލާވަނީ ވިދިވިދިގެން 6 ގޯލް އަވޭގައި ޖަހާފައެވެ.

ރޭގެމެޗުން ލިބުނު ޕޮއިންޓާއެކު ބަޔާންމިޔުނިކް އޮތީ ބުންޑެސްލީގާގެ ތާވަލުގެ އެއްވަނައިގައެވެ. އަދި ޑޯޓްމަންޑް އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލުއިސް ޑިއާޒް ބަޔާން މިއުނިކަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެކުޅިވަރު | 4 ދުވަސް ކުރިންލުއިސް ޑިއާޒް ބާސެލޯނާއަށް ލިބުމަކީ ހުވަފެނެއް، ބަޔާން މިއުނިކް އައު އޮފަރއަކާއެކު ކުރިއަށްކުޅިވަރު | 12 ދުވަސް ކުރިންހަނިގޮތަކަށް ޑޯޓްމަންޑްއަތުން މޮޅުވެ، ރެއާލް ސެމީއަށްކުޅިވަރު | 25 ދުވަސް ކުރިންނުވަ ކުޅުންތެރިންނާއެކުވެސް ބަޔާން ބަލިކޮށް ޕީއެސްޖީ ސެމީއަށްކުޅިވަރު | 25 ދުވަސް ކުރިން