ކޮވިޑް އެލަވަންސް ނެގި މީހަކު އަނބުރާ އެ ފައިސާ ދައްކަން ޖެހިއްޖެ
23 ނޮވެމްބަރު 2024 - 13:23
ކޮވިޑްއާ ގުޅިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް ނެގި މީހަކު އެ ފައިސާ އަނބުރާ ދައްކަން ޖެހިއްޖެއެވެ.
އެ ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވަނީ ދަފްތަރު, ނަންބަރު ރސ 9801, އަހުމަދު ސިމްހާނުގެ މައްޗަށެވެ.
މީނާގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ އެލަވެންސްގެ ގޮތުގައި 10,000ރ ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށް ދައުލަތުން އެދިފައިވެ އެވެ.
ދައުވާގެ ދިފާއު ހުށަހެޅުމުގެ މުއްދަތުގައި ދައުވާގެ ދިފާއު ހުށަހަޅާފައި ނުވާތީ ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް ދައުލަތުން ހުށަހަޅި އެވެ.
އެ ހުށަހެޅުމަށް ރިއާޔަތްކޮށް އެ ފައިސާ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން ޣައިރު ހާޒިރުގައި ގާޒީ ފައްޔާޒު ޝާތިރު ހުކުމްކުރެއްވި އެވެ.
މިފައިސާ ދައްކަން މީނާއަށް ޖެހުނީ އަމިއްލަ ކުންފުންޏެއްގެ ހިއްސާދާރަކަށްވާތީ ޝަރުތު ފުރިހަމަނުވެގެންނެވެ.