logo
ޚަބަރު

ތިނަދޫ އަށް ދިން ސިޓީގެ ގަރާރު ބާތިލްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
31 ޑިސެމްބަރު 2024 - 06:01
ތިނަދޫ ސިޓީ: އެ ރަަށަށް ސިޓީގެ ދަރަޖަ ދިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި -- ފޮޓޯ: ގދ. އަތޮޅު ކައުންސިލް
ތިނަދޫ ސިޓީ: އެ ރަަށަށް ސިޓީގެ ދަރަޖަ ދިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި -- ފޮޓޯ: ގދ. އަތޮޅު ކައުންސިލް

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ބާތިލްކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތަމުން، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ނައިބު ވަޒީރު އަދި ގާނޫނީ ވަކީލު މުޙައްމަދު ރާޣިބް ވިދާޅުވެއްޖެއެވެ.

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުން ގޯސްކަމަށް ކަނޑައަޅައިދިނުމަށް އެދި ހައި ކޯޓަށް ވެސް މައްސަލަ ހުށަހެޅީ ރާޣިބުއެވެ. އެގޮތުން އެ މައްސަލަ ރާޣިބު ހުށަހެޅުއްވީ ހުސްވި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމާފައިވާއިރު، "މެންދުރު ޓީވީ" އަށް ރާޣިބް ވިދާޅުވި ގޮތުގައި އެ މައްސަލަ ކޯޓުން ބަލައިނުގަންނަން ނިންމީ، އެ މައްސަލައިގައި ގާނޫނާ ތަޢާރަޒުވާ ކަމެއް ފާހަގަނުކެރެވޭ ކަމުގައި ބުނެއެވެ. އެހެންކަމުން އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބަލައިގެނެވެން ނެތް ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާ ކަމުގައި ރާޣިބް ވިދާޅުވިއެވެ.

އެއާއެކު ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިން ގަރާރު ބާތިލުކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރާޣިބް ވިދާޅުވިއެވެ.

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުން ގޯސްކަމަށް ކަނޑައަޅައި ދިނުމަށް ރާޣިބް ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނި ގޮތުގައި، ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިން އިރު، އެ ރަށުގައި ސިޓީއަކަށްވުމުގު ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއް ޝަރުތުކަމުގައިވާ 10،000 މީހުންގެ އާބާދީ ހަމަނުވެއެވެ.

އަދި  އޭރު ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ، ތިނަދޫ ކައުންސިލުން ހުށަހެޅި އޮޅުވާލައިފައި އޮތް ލިސްޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، ތިނަދޫގައި މިހާރު އޮތް އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރްއަށް ހުށަހެޅުމުން އެ ތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 ކަމުގައި އެ މައްސަލައިގައި ރާޣިބް ފާހަގަކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ސިޓީ ކައުންސިލުގެ އޮޑިޓުގައި މުސާރައާއި ފައިސާގެ އޮޅުވާލުންތަކާ ގުޅޭ ގިނަ މައްސަލަތަކެއް!ޚަބަރު | 2 މަސް ކުރިންތަހުގީގަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުމެއް ނުދިން: އޭސީސީ ޚަބަރު | 7 މަސް ކުރިންރޯދަ މަހުގެ ހުރިހާ ކަމެއް އަޅުކަމަށް މަގުފަހި ކުރުވަން މަސައްކަތްކުރަން : ތިނަދޫ ސިޓީ ކައުންސިލްޚަބަރު | 7 މަސް ކުރިންވަރަށް ސަޅިކަމެއް، ގަޑިއިރަކަށް 3 ރުފިޔާ ދީގެން ތިނަދޫ ސިޓީގައި ބައިސްކަލް ދުއްވާލެވޭނެޚަބަރު | 8 މަސް ކުރިން