logo
ޚަބަރު

ތިނަދޫ ސިޓީއާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
31 ޑިސެމްބަރު 2024 - 04:14
ތިނަދޫ ސިޓީ: އެ ރަށަށް ސިޓީގެ ދަރަޖަ ދިނީ ގާނޫނަށް ޚިލާފަށް ކަމަށް ބުނެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ ސިޓީ: އެ ރަށަށް ސިޓީގެ ދަރަޖަ ދިނީ ގާނޫނަށް ޚިލާފަށް ކަމަށް ބުނެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން ގޯސްކަމަށް ކަނޑައަޅައިދިނުމަށް، ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.

ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ނައިބު ވަޒީރު މުޙައްމަދު ރާޣިބު އެވެ. ރައީސް އޮފީހާ ދެކޮޅަށް އޭނާ އެ މައްސަލަ ހުށަހެޅީ ހުސްވި ނޮވެމްބަރު މަހުގެ ތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރާޣިބް އެ މައްސަލަ ހުށަހެޅުއްވީ، ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިން އިރު، އެ ރަށުގައި ސިޓީއަކަށްވުމުގު ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއް ޝަރުތުކަމުގައިވާ 10،000 މީހުންގެ އާބާދީ ހަމަނުވާ ކަމުގައި ވިދާޅުވެ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން ގޯސް ކަމަށަ ކަނޑައަޅައި ދިނުމަށް އެދިއެވެ.

undefined

ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިނުން ބާތިލްކުރުމަށް ހައި ކޯޓަށް މައްސަލަ ހުށަހެޅި ރާގިބް-- ފޮޓޯ: ސަން

އެގޮތުން އޭރު ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ، ތިނަދޫ ކައުންސިލުން ހުށަހެޅި އޮޅުވާލައިފައި އޮތް ލިސްޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި،  ތިނަދޫގައި މިހާރު އޮތް އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރްއަށް ހުށަހެޅުމުން އެ ތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 ކަމުގައި އެ މައްސަލައިގައި ރާޣިބް ފާހަގަކުރައްވާފައިވެއެވެ.

ރާޣިބް ހުށަހެޅި އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމި ސަބަބު އަދި ސާފުވެފައިނުވެއެވެ. އެހެން ނަމަވެސް އެ މައްސަލައަކީ ދައުލަތަށް ދެކޮޅަށް ހުށަހެޅި މައްސަލައަކަށް ވެފައި، ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން ރާޣިބް އޭނާގެ ނައިބު ވަޒީރުގެ މަގާމުން ވެސް ވަނީ ވަކިކޮށްފައެވެ.

ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އިތުރުން، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބެލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަތައް ހުށަހެޅުއްވީ  ތިނަދޫއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.

އެގޮތުން މެންބަރު ސައުދު ހުށަހެޅުއްވި މައްސަލަތަކުގައި ވެސް ވަނީ ތިނަދޫ ސިޓީ ކައުންސިލަށް އަމާޒުކޮށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން:

Thinadhoo gai 10,000 Meehun Hamanuvaa Massala Majileehah HushalhaifiFacebookViberTelegramXWhatsApp

Thinadhoo gai 10,000 Meehun Hamanuvaa Massala Majileehah HushalhaifiFacebookViberTelegramXWhatsApp

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުވާ މީހަކު ސިކުނޑީގެ އުނިކަން ހުންނާތީ މައްސަލަ އަނބުރާ ނަގައިފިޚަބަރު | 8 ދުވަސް ކުރިންދަރިއެއްނޫންކަމަށް ބުނެ ބައްޕަ ވަލީ ނުދިނުމުން ހާކިމްގެ ވަލީއަށް ކުރި ކައިވެންޏެއް ރަޖިސްޓްރީކޮށްދިނުމަށް ހުކުމްކޮށްފިޚަބަރު | 13 ދުވަސް ކުރިން ތިނަދޫ ސިޓީ ކައުންސިލުގެ އޮޑިޓުގައި މުސާރައާއި ފައިސާގެ އޮޅުވާލުންތަކާ ގުޅޭ ގިނަ މައްސަލަތަކެއް!ޚަބަރު | 2 މަސް ކުރިންދަރިވަރަކު އެލްކޭޖީއަށް ބަދަލުކުރުމަށް ހައިކޯޓުގެ ވަގުތީ އަމުރެއްޚަބަރު | 2 މަސް ކުރިން