logo
Bank of Maldives

Bank of Maldives

ޚަބަރު

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ބެލުމަށް އެލްޖީއޭއަށް

އާމިނަތު ޝަފާ
5 ޑިސެމްބަރު 2024 - 05:09
ތިނަދޫ ސިޓީ
ތިނަދޫ ސިޓީ

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބެލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އެލްޖީއޭއަށް ހުށަހެޅުއްވީ ތިނަދޫއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.

މައްސަލަ ހުށަހަޅުއްވައި މެމްބަރު ސައުދު ފޮނުއްވި ސިޓީގައި ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމުގައި ކަންކޮށްފައިވާގޮތުގައި ދިވެހި އެތައް ބަޔަކު އިންތިހާއަށް ކަންބޮޑުވާ އަދި ގާނޫނާއި ހިލާފު އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަކަރާއި ހީލަތާއި އޮޅުވާލުމާއި އެނޫންވެސް ޖިނާއީ މައްސަލަތައް ކަމަށް ބެލެވޭ މައްސަލަތައް ބެލުމަށް ފުލުހުންނަށް ފޮނުވުމަށާއި މިކަމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އެލްޖީއޭއަށް ފެންނަނަމަ ތިނަދޫ ކައުންސިލާ ދޭތެރޭ ފިޔަވަޅު އެޅުމަށް ސިޓީގައި މެމްބަރުވަނީ ގޮވާލައްވާފައެވެ.
ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ މައްސަލައާއި ގުޅިގެން އެކަމާއި ގުޅޭ މައްސަލައެއް މެމްބަރުވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.
10،000 މީހުން ހަމަނުވަނީސް ގދ.ތިނަދޫ އަކީ ސިޓީއެއް ކަމަށް ކަނޑައަޅައި އެރަށަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕޭނުގެ ތެެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއާއެކު ތިނަދޫއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާތިލް ކުރުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހެޅިގެންދިޔައެވެ. 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަ ބެހޭ ގާނޫނުގައި ވާގޮތުން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނީ އެރަށެއްގެ އާބާދީގައި 10،000 މީހުން ހަމަވުމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ސިޓީގެ ކުރިމަގަށް އައު އުންމީދެއް: ކެނޑިޑޭޓް އައިޝަތު ފަޟީލާގެ ވަރުގަދަ ތަޞައްވުރުރިޕޯޓް | މަހެއް ކުރިންލައިސަންސަންނެތި އެއްވެސް ހާލަތެއްގައި އެއްވެސް އުޅަނދެއް ދުއްވިގެންނުވާނެ: ސައުދުﷲޚަބަރު | 5 މަސް ކުރިންތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލަނީޚަބަރު | 6 މަސް ކުރިން ތިނަދޫ ސިޓީ ކައުންސިލުގެ އޮޑިޓުގައި މުސާރައާއި ފައިސާގެ އޮޅުވާލުންތަކާ ގުޅޭ ގިނަ މައްސަލަތަކެއް!ޚަބަރު | 8 މަސް ކުރިން