logo
MPL

MPL

ޚަބަރު

އާބާދީ އޮޅުވާލި މައްސަލާގައި ތިނަދޫ މޭޔަރު ސައުދަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޯގަސްޓު 2026 - 19:31
ތިނަދޫ މޭޔަރު ސައުދު، ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ މޭޔަރު ސައުދު، ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ގދ. ތިނަދު އަށް ސިޓީގެ ދަރަޖަ ހޯދުމުގައި އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

ތިނަދު އަށް ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީ ކައުންސިލުން އޮޅުވާލި ކަމުގެ ތުހުމަތުގައި މޭޔަރު ސައުދު މީގެ ކުރިން ވަނީ ފުލުހުންގެ އިދާރާއަށް ވެސް ހާޒިރުކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިނަދޫ ކައުންސިލް އިދާރާއަށް ވަދެ ބައެއް ލިޔެކިޔުންތައް ވެސް ކުރިން ވަނީ ގެންގޮސްފަ އެވެ. ނަމަވެސް، މޭޔަރު ސައުދު ވަނީ އެ ތުހުމަތުތައް މީގެ ކުރިން ދޮގުކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ޖިނާއީ ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް، މި މައްސަލާގައި މޭޔަރު ސައުދުގެ އިތުރުން ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކޮން ބަޔަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކުންނެވެ. ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮންނަ ރަށްރަށަށެވެ. އެހެންނަމަވެސް، އެ ދުވަސްވަރު ތިނަދޫގެ ހަގީގީ އާބާދީއަކީ 8،000 ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާބާދީ އޮޅުވާލި މައްސަލާގައި ތިނަދޫ މޭޔަރު ސައުދަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިޚަބަރު | 18 މިނިޓު ކުރިންރާއްޖޭގެ 3 ސިޓީގައި ސިންތެޓިކް ޓްރެކް އަޅަނީޚަބަރު | 4 މަސް ކުރިންޝަހާއުﷲ: ތިނަދޫ ސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރާއެކު މަސައްކަތްކޮށް ނަތީޖާ ދައްކައިދޭނެ ލީޑަރެއްރިޕޯޓް | 5 މަސް ކުރިން ތިނަދޫ ސިޓީ އަށް އުންމީދީ ބަދަލަކަށް ޝަހާއުﷲ، މުރާލި، ގާބިލު، ތަޖުރިބާހުރި ނަމޫނާ ޗޮއިސް އެއް!ރިޕޯޓް | 5 މަސް ކުރިން