logo
Bank of Maldives

Bank of Maldives

ރިޕޯޓް

ތިނަދޫ ސިޓީގެ ކުރިމަގަށް އައު އުންމީދެއް: ކެނޑިޑޭޓް އައިޝަތު ފަޟީލާ އަޙްމަދުގެ ވަރުގަދަ ތަޞައްވުރު

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ފެބްރުއަރީ 2026 - 11:51
ފަޟީލާ، އޭނާ އޮތީ ތިނަދޫ ސިޓީ ބަދަލުކޮށްލާނެ ވަރުގަދަ ތަސައްވުރެއް،
ފަޟީލާ، އޭނާ އޮތީ ތިނަދޫ ސިޓީ ބަދަލުކޮށްލާނެ ވަރުގަދަ ތަސައްވުރެއް،

ތިނަދޫ ސިޓީ ކައުންސިލްގެ އިންތިޚާބަކީ އެ ސިޓީގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށްޓަކައި ނުހަނު މުހިންމު ނިންމުންތަކެއް ނިންމަންޖެހޭ ވަގުތެކެވެ. މި ދަނޑިވަޅުގައި، ތިނަދޫގެ އިޖުތިމާޢީ އަދި ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ، ހިންގުންތެރި، އަދި ތަޢުލީމީ ބޭފުޅެއް ކަމުގައިވާ އައިޝަތު ފަޟީލާ އަޙްމަދު ވަނީ ކައުންސިލް މެންބަރުކަމަށް ކުރިމަތިލައްވާފައެވެ. ފަޟީލާގެ ވަނަވަރާއި، ޚިދުމަތުގެ ތަޖުރިބާއާއި، އަދި ތިނަދޫ ސިޓީއަށްޓަކައި ގެންގުޅުއްވާ ފުޅާ ތަޞައްވުރަށް ބަލައިލާއިރު،

ތަޢުލީމީ ފަންނާއި މަސައްކަތުގެ ތަޖުރިބާ

އައިޝަތު ފަޟީލާ އަޙްމަދަކީ ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވައިގެން ހުންނެވި، މުޖުތަމަޢުގެ ބިނާކުރުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސްކޫލް މުދައްރިސެއްގެ ގޮތުގައި 8 އަހަރު ދުވަހު މެދުކެނޑުމެއްނެތި ޚިދުމަތް ކުރައްވާފައެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޖީލުތައް ބިނާކުރުމުގައާއި، ދަރިވަރުންގެ އަޚްލާޤާއި ތަރުބިއްޔަތު ހަރުދަނާކުރުމުގައި ނަމޫނާ ދައްކަވާފައެވެ.
ފާއިތުވި 2 އަހަރު ދުވަހު އޭނާ ފުރުއްވަމުން ގެންދަވަނީ ތިނަދޫ ހެރިޓޭޖްގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރގެ މަޤާމެވެ. މި މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި އޭނާ ވަނީ ސިޔާސީ އަދި އިދާރީ ހިންގުމުގެ ދާއިރާއިން މުހިންމު ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ. މީގެ އިތުރުން، ރަށުގެ އިޖުތިމާޢީ ހަރަކާތްތަކުގައާއި އެކި ޖަމިއްޔާ ޖަމާޢަތްތަކުގައި އިސްކޮށް އުޅުއްވުމުގެ ސަބަބުން، ރަށުގެ ރައްޔިތުންނާ ގާތް ގުޅުމެއް އުފެދި، ރައްޔިތުންގެ ބޭނުންތައް ވަނީ ވަރަށް ގާތުން ދެނެގަނެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

6104775135270211279.jpg

ފަޟީލާ، ރައްޔިތުންގެ ލޯބި ލިބިފައިވާ ރަށަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވާފައިވާ ލީޑަރެއް



ސިޔާސީ މައިދާނުގައި ހޯއްދަވާފައިވާ ކާމިޔާބީ

ފަޟީލާގެ ސިޔާސީ ޙަޔާތުގައި ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، ޕީ.ޕީ.އެމް އަދި ޕީ.އެން.ސީގެ ސްޓިއަރިންގ ކޮމިޓީގެ އަންހެނުންގެ ރައީސާގެ މަޤާމަށް ރައްޔިތުންގެ ބޮޑު ތަރުޙީބަކާއެކު އިންތިޚާބުވުމެވެ. މިއީ އޭނާގެ ހިންގުންތެރިކަމާއި، މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ރައްޔިތުން ބަލައިގެންފައިވާ ކަމުގެ ހެކިދޭ ކަމެކެވެ. މި މަޤާމުގައި ހުންނަވައިގެން އޭނާ ވަނީ އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

6104775135270211283.jpg

ފަޟީލާ، ޕީއެންސީ/ޕީޕީއެމްގެ ކެމްޕޭން ހަރަކާތެއްގައި އިސް ސަފުގައި



އިންތިޚާބަށް ކުރިމަތިލެއްވި މަޤްޞަދު

އައިޝަތު ފަޟީލާ ކައުންސިލަށް ކުރިމަތިލެއްވީ ހަމައެކަނި މަޤާމެއްގެ ބޭނުމުގައެއް ނޫނެވެ. އޭނާގެ މައިގަނޑު މަޤްޞަދަކީ ތިނަދޫ ސިޓީއަށް މިހާރަށްވުރެ ފާގަތި، އުޖާލާ އަދި ތަރައްޤީވެފައިވާ މުސްތަޤުބަލެއް ހޯދައިދިނުމެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި އަޑުތައް ކައުންސިލުގެ މޭޒަށް ގެންގޮސް، އެކަންކަމަށް އަމަލީ ޙައްލެއް ހޯދައިދިނުމަކީ އޭނާގެ އިޚްލާޞްތެރި އަޒުމެވެ. ޚާއްޞަގޮތެއްގައި އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި އަންހެނުން ބާރުވެރިކުރުވުމަކީ އޭނާގެ އެންމެ ބޮޑު އެއް އަމާޒެވެ.

6104775135270211281.jpg

ޅގަދަފަޟީލާ ތިނަދޫ އުރުތު މެމްބަރު ސައުދުﷲ އަދި ވެމްކޯގެ އެމްޑީ މުޖޭ އާއެކު، އޭނާ އަކީ ސަރުކާރާއި ޕީއެންސީގެ ލީޑަރޝިޕާއި ގުޅުން ވަރުގަދަ ކަންކުރެވޭނެ ބޭފުޅެއް



ކުރިމަގުގެ ލަނޑުދަނޑިތަކާއި ތަޞައްވުރު

މަޤާމަށް އިންތިޚާބުވެއްޖެނަމަ، ފަޟީލާ ޙާޞިލްކުރަން ބޭނުންވާ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ:

ހަރުދަނާ ހިންގުން: ކައުންސިލުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަކީ ލަސްވުމެއްނެތި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ދެވޭ ޚިދުމަތްތަކަކަށް ހެދުން.

ސިޓީގެ ތަރައްޤީ: ތިނަދޫގެ މަލަމަތި ބަދަލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ މަޝްރޫޢުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުން.

އިޤްތިޞާދީ ފުދުންތެރިކަން: ރަށުގެ އިޤްތިޞާދު ފުޅާކޮށް، އާންމު ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކުރެވޭނެ މަގުތައް ހޯދައިދިނުން.

އިންޞާފާއި ހަމަހަމަކަން: ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދީ، އެންމެންނަކީ އުފާވެރި ބަޔަކަށް ހެދުން.

6104775135270211284.jpg

ފަޟީލާ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއްގައި

 


ފަޟީލާ އިންތިޚާބު ކުރަންވީ ސަބަބު

"އަޅުގަނޑަކީ ތިޔަބޭފުޅުންގެ އިޙްސާސްތައް ދަންނަ، ތިޔަބޭފުޅުންގެ ތެރެއިން އައި މީހަކީމެވެ،" މިއީ ފަޟީލާ ރައްޔިތުންނަށް ދޭ ޔަޤީންކަމެވެ.

އޭނާ އިންތިޚާބު ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި:

އޭނާގެ ކިބައިގައި ހުރި ތަޢުލީމީ ޤާބިލުކަމާއި، ގިނަ އަހަރުތަކުގެ މަސައްކަތުގެ ތަޖުރިބާ.

ވަކި ފަރާތަކަށް ނުޖެހި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ކުރުމުގެ ސާބިތުކަން.

އަންހެނުންނަކީ ހަމައެކަނި ގޭގައި ތިބެންޖެހޭ ބައެއް ނޫންކަން ސާބިތުކޮށްދީ، އަންހެނުންގެ އާމްދަނީ ދެގުނަ ކުރުމަށް ގެންގުޅުއްވާ ޢަމަލީ ޕްލޭން.

"އެކަކުވެސް ބާކީނުކުރުމުގެ" ސިޔާސަތުގެ ދަށުން، މުޅި ސިޓީއަށް ޖުމްލަ ޙައްލެއް ހޯދައިދިނުމުގެ ޤާބިލުކަން.

undefined

ފަޟީލާ، ސަރުކާރަށް ތާއީދު ހޯދައިދިނުމަށް ކުރިން ކުރި މަސައްކަތުގައި، އޭނާ އަކީ ކެރޭ މުރާލި ލީޑަރެއްކަން ވަނީ ސާބިތުކޮށްދީފައި

 

ފަޟީލާ އަށް ދެއްވާ ވޯޓަކީ ތިނަދޫ ސިޓީގެ ތަރައްޤީއަށްޓަކައި އެޅޭނެ ވަރަށް ވަރުގަދަ ފިޔަވަޅެކެވެ. އޭނާއަކީ ބަހާއި އަމަލުން ތަފާތު ދައްކާނެ، އިޚްލާޞްތެރި ޚިދުމަތްތެރިއަކަށް ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ތިނަދޫގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ފަޟީލާ ހޮއްވަވާށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުއިއްޒު، ޕީއެންސީ ކެންޑިޑޭޓުންނަށް ދޮރުންދޮރަށް ކެމްޕެއިން ފައްޓަވައިފި ޚަބަރު | ގަޑިއިރެއް ކުރިންތިނަދޫ ސިޓީގެ ކުރިމަގަށް އައު އުންމީދެއް: ކެނޑިޑޭޓް އައިޝަތު ފަޟީލާގެ ވަރުގަދަ ތަޞައްވުރުރިޕޯޓް | 2 ގަޑިއިރު ކުރިންޒަހީނާ: ގދ. ތިނަދޫ ދެކުނު މެދު ދާއިރާގެ ތަރައްޤީއަށް އައު އުންމީދެއްރިޕޯޓް | ދުވަހެއް ކުރިންސަރުކާރަކާ ދެކޮޅު ބަޔަކު މާލޭ ސިޓީ ކައުންސިލަށް ހޮވުމަކީ ހިތި ތަޖުރިބާއެއް: މުސްތަފާޚަބަރު | 2 ދުވަސް ކުރިން