logo
MPL

MPL

ޚަބަރު

ޑްރޯނުން ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޯގަސްޓު 2026 - 19:34
ޑްރޯނުން ޖަލަށް ޑްރަގް ވައްދަން އުޅުނު މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ، ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަން މާފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ގާނޫނާ ހިލާފު ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައި، އެ އަމުރު ބާތިލުކޮށްފިއެވެ.

މިއީ މީގެ ދެ މަހެއްހާ ދުވަސް ކުރިން އެއްރޭ ދަންވަރުގެ ވަގުތެއްގައި، ބަރުދަނުގައި ގާތްގަނޑަކަށް 395.92 ގްރާމް ހުރި މަސްތުވާތަކެތި ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ވައްދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ކ. ކާށިދޫ މީހަކު ހައްޔަރުކުރިއެވެ. މާފުށީ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ އޭނާގެ ބަންދަށް 8 ދުވަސް އަދި ދެވަނަ ފަހަރަށް 9 ދުވަސް ދިން ނަމަވެސް، ތިންވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމުގައި އޭނާ ވަނީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަށު ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ޕީޖީ އޮފީހުން ފާހަގަކުރީ އޭނާ ދޫކޮށްލާފައިވަނީ މަތީ މަރުހަލާގެ ކޯޓުތަކުގެ އުސޫލުތަކާ އެއްގޮތަށް ސަބަބު ސާފުކޮށް ބަޔާންނުކޮށް ކަމަށެވެ. އަދި އޭނާ ދިރިއުޅޭ ކޮޓަރިން ޓްރެފިކިން މިންގަނޑަށް ފެތޭ މަސްތުވާތަކެތި ފެނިފައިވުމާއި، ޖަލަށް މަސްތުވާތަކެތި ވެއްދުމަށް ޑްރޯންތަކެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ދަށު ކޯޓުން ބަންދުން ދޫކޮށްލުމުގައި ސަބަބު އިޖުމާލީ ގޮތެއްގައި ބަޔާންކޮށްފައިވީ ނަމަވެސް، މައްސަލައިގެ ވަށައިގެންވާ ހާލަތްތަކަށާއި، ފެނުނު މަސްތުވާތަކެތީގެ މިންވަރާއި ޑްރޯން ފަދަ ތަކެއްޗަށާއި މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން، މާފުށީ ކޯޓުގެ އަމުރު ބާތިލުކޮށް ހައިކޯޓުން ވަނީ އެ މީހާ ބަންދުގައި ބަހައްޓަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދޭނަމަ، ދެ ދުވަހުގެ ތެރޭގައި މާފުށީ މެޖިސްޓްރޭޓް ކޯޓަށް ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ހުށަހެޅުމަށާއި، އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެއާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އަމުރުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރޯނުން ޖަލަށް ޑްރަގް ވައްދަން އުޅުނު މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓުޚަބަރު | 23 މިނިޓު ކުރިންވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށްޚަބަރު | 3 މަސް ކުރިންމައްސަލަ އިސްތިއުނާފުކޮށް ޚިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވޭ ސީލައިފް އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފިޚަބަރު | 4 މަސް ކުރިންސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ބަލައިގެންފިޚަބަރު | 7 މަސް ކުރިން