logo
MPL

MPL

ޚަބަރު

ވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް، އެމްޑީޕީގެ ތިން ވޯޓެއް ބާތިލް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މޭ 2026 - 14:05
ލޯކަލް އިންތިޚާބުގައި އޮފިޝަލަކު ވޯޓު ކަރުދާސް ދައްކާލަނީ، ފޮޓޯ؛ އީސީ
ލޯކަލް އިންތިޚާބުގައި އޮފިޝަލަކު ވޯޓު ކަރުދާސް ދައްކާލަނީ، ފޮޓޯ؛ އީސީ

މ. ވޭވަށު ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ތިން ވޯޓު ކަރުދާހެއް ބާތިލްކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި ހުކުމާއެކު ވޭވަށު ކައުންސިލްގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިގެންދާނެއެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހު އެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ ބާތިލް ކުރަންޖެހޭ ތިން ވޯޓެއް އެމްޑީޕީގެ ކެންޑިޑޭޓަށް ގުނާފައިވާ ކަމަށާއި، އެއީ އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައި ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ވޯޓު ކަރުދާހުގައި ކަނޑައެޅިފައިވާ ނިޝާނުގެ އިތުރުން އެހެން ނިޝާނެއް ހުރެއްޖެނަމަ އެ ވޯޓެއް ބާތިލްވާނެ ކަމަށެވެ. އަދި އެއީ ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގެ ތެރޭގައި ދިމާވި މައްސަލައެއްކަން ސާބިތުނުވާ ކަމަށްވެސް ކޯޓުން ފާހަގަކުރިއެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި މި ހުކުމުގައި ވަނީ، އެ ތިން ވޯޓު ބާތިލްކޮށް، އިންތިހާބުގެ ނަތީޖާ އަލުން އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައެވެ.

މި ނިންމުމާއެކު ވޭވަށު ކައުންސިލްގެ ގޮނޑިތަކުގެ ތަރުތީބަށް ބަދަލު އައިސް، ކައުންސިލްގެ ކޮންޓްރޯލް ޕީއެންސީއަށް ކަށަވަރުވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރޯނުން ޖަލަށް ޑްރަގް ވައްދަން އުޅުނު މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓުޚަބަރު | 44 މިނިޓު ކުރިންޕީއެންސީގެ މެމްބަރުންގެ އަދަދު ހަތްދިހަ ހާހުން މައްޗަށްޚަބަރު | ދުވަހެއް ކުރިންމަތީ މަޖިލިސްވެގެން ދާނީ އިދިކޮޅު ފިކުރުގެ ފަރާތްތައް ވެސް އެ މަޖިލީހަކުން ފެނިގެންދާނެ އެންމެ ޑިމޮކްރެޓިކް ހަރަކާތަށް: ލަމްއާންޚަބަރު | 3 ދުވަސް ކުރިންޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީޚަބަރު | 21 ދުވަސް ކުރިން