logo
ޚަބަރު

ގިނަ ތުހުމަތުތަކަކާ އެކު ތިނަދޫގައި 10،000 މީހުން ހަމަނުވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
1 ޑިސެމްބަރު 2024 - 12:33
ތިނަދޫ ސިޓީ: އެ ރަށަށް ސިޓީގެ ދަރަޖަ ދިނީ ގާނޫނަށް ޚިލާފަށް ކަމަށް ބުނެ މައްސަލައެއް ވަނީ މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ ސިޓީ: އެ ރަށަށް ސިޓީގެ ދަރަޖަ ދިނީ ގާނޫނަށް ޚިލާފަށް ކަމަށް ބުނެ މައްސަލައެއް ވަނީ މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި، ސިޓީކަން ދިން އިރު ތިނަދޫގައި 10،000 މީހުން ހަމަނުވާ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީއެވެ. އެގޮތުން އެ މައްސަލަ މަޖިލީހަށް ހުށަޙަޅުއްވަމުން، މަޖިލީހުގެ ރައީސް އަބްދުއް ރަޙީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި ސިޓީ ފޮނުއްވާފައިވަނީ މިއަދުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މައްސަލަ ހުށަހަޅުއްވައި، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ސައުދުﷲ ވިދާޅުވި ގޮތުގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ތިނަދޫ ސިޓީއަކަށް ހެދުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަމުގައި ގަބޫލުކުރެވޭތީ އާއި އެކަމުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަން ބަލައި ދިނުމަށް އެދި ކަމަށެވެ.

އެގޮތުން މެންބަރު ސައުދުﷲ ހުށަހެޅުއްވި އެ ސިޓީގައި ވަނީ، ތިނަދޫ ސިޓީއަކަށް ބަދަލުކުރީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ޚިލާފަށް ބެލެވޭ ކަމަށާއި، އެގޮތުން ތިނަދޫ ކައުންސިލުން ހުށަހެޅި ރަޖިސްޓްރީގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމުގައި ފާހަގަކުރައްވާފައެވެ.

Saudulla-Hilmyy-1024x571.webp

ތިނަދޫ ސިޓީގެ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ -- ފޮޓޯ: މަޖިލިސް

މީގެ އިތުރުން، މެންބަރު އެ ސިޓީގައި ވިދާޅުވި ގޮތުގައި އަދި އެކަން ހިނގީ، މިހާރު ތިނަދޫ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ސައުދު އަލީ، އެ ސިޓީގެ މޭޔަރުކަމަށް ވާންވެގެން ކުރި މަސައްކަތްތަކުންނާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް، އެމަނިކުފާނު ތިނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ދެން ތިނަދޫއަށް ވަޑައިގަންނަވާނީ ތިނަދޫ ސިޓީއަކަށް ހައްދަވާފައިވާކަމުގައި ވިދާޅުވެފައި އޮތުމުން، ރިޔާސީ އިންތިހާބުގެ ކުރިން ތިނަދޫ އަށް ވަޑައިގަންނަވަމުން ތިނަދޫ ކައުންސިލާ ގުޅިގެން އުސޫލުތަކުން ބޭރުން ކޮށްފައިވާ ޢައިރު ގާނޫނީ ކަމުގެއް ގޮތުގައި ކަމަށެވެ.

އަދި ތިނަދޫގައި 10،150 މީހުން ތިބި ކަމަށް ކައުންސިލުން ހުށަހެޅި ލިސްޓުގައި އޮތް ނަމަވެސް، އެ ލިސްޓުގައި މަރުވެފައިތިބި މީހުންނާއި، ރަށްވެހިކަން އެހެން ރަށްރަށަށް ބަދަލުވެފައިވާ މީހުންނާއި، އައިޑީ ކާޑް ނުވަތަ މީހުންގެ ނަންތައް ތަކުރާރުކޮށްފައިވާ މީހުން ވެސް ހިމެނެ ކަމުގައި އެ ސިޓީގައި ވެއެވެ. އަދި ކައުންސިލުން ފޮނުވި ލިސްޓު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ގަބޫލުނުކުރެވި، އެ ލިސްޓު ރެންޑަމްކޮށް ޗެކު ކުރުމުން ވެސް އެ ލިސްޓުގައި 307 މީހުންގެ އައިޑީ ކާޑު ނަންބަރު ތަކުރާރުވެފައިވާކަން ފާހަގަކުރެވުނު ކަމުގައި ވެސް އެ ސިޓީގައި ވެއެވެ.

Rlsgx7czYgw18vqXbTjlkSyJ4L52AdvwCJ6Mvi65.jpg

ތިނަދޫ ސިޓީ ކައުންސިލުގެ މެންބަރުންތަކެއް -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

އަދި ޑީއެންއާރްގެ ހިސާބުތަކުގައި ވެސް، ތިނަދޫގައި 8،000 މީހުން ވެސް ހަމަނުވާތީވެ، ތިނަދޫ ސިޓީއެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް އެލްޖީއޭއިން ތަކުރާރުކޮށް އިންކާރުކޮށްފައިވާކަމުގައި ވެސް އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން ވެސް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތިނަދޫ ސިޓީ ކައުންސިލާއި އެ ސިޓީގެ މެންބަރުންނަށް ގިނަ ތުހުމަތުތަކެއް އެ ސިޓީގައި ކޮށްފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ ފަރާތުން ދޭ ބްލޮކް ގްރާންސްޓްސް ފަދަ ފައިސާ މަކަރާ ޙީލަތުން، ނުޙައްގު ބޮޑު އަދަދުތަކުން ކައުންސިލުން ހޯދައި، އެ ފައިސާއިން އިދިކޮޅު އެމްޑީީގެ ފަރާތްތަކަށް ވަޒީފާތައް ދިނުމާއި، އެކި ބޭކާރު ދަތުރުތައް އެކި ރަށްތަކާއި ރާއްޖެއިން ބޭރަށް ވެސް ކޮށްފައިވާކަމުގައި އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

Thinadhoo-city-council-members.jpg

ތިނަދޫ ސިޓީއަކަށް ބަދަލުވުމާ ގުޅިގެން، އެ ސިޓީގެ ކައުންސިލަރުން އަލުން ހުވާކުރެއްވި ދުވަހު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

އަދި ތިނަދޫ ސިޓީއަކަށް ބަދަލުކުރި ނަމަވެސް، އެ ހިސާބުން ފެށިގެންވެސް ގާނޫނީ ގޮތުން ތިނަދޫގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް، ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކުގައި މޭޔަރަށް އެޑްރެސް ކުރުމަށް އެދި ދައުލަތުގެ އެކި ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް ކައުންސިލުން އަންގާފައިވާ ކަމުގައި ވެސް އެ ސިޓީގައި ވެއެވެ. އެގޮތުން މޭޔަރުގެ ބަދަލުގައި، ކައުންސިލުގެ ރައީސް އަށް އެޑްރެސްކޮށް ފޮނުވާ ސިޓީތަކަށް އަމަލުނުކޮށް، އަނބުރާ ފޮނުވާލައިފައިވާ ކަމުގައި ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިނުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމުގައި ބުނެ މަޖިލީހަށް މައްސަލައެއް ހުށަހެޅިއިރު، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން ގޯސްކަމުގައި ކަނޑައަޅައިދިނުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ނައިބު ވަޒީރު އަދި ގާނޫނީ ވަކީލު މުޙައްމަދު ރާޣިބު ވެސް ވަނީ ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލަ އޭނާ ހުށަހެޅުއްވީ، ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިން އިރު، އެ ރަށުގައި ސިޓީއަކަށްވުމުގު ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއް ޝަރުތުކަމުގައިވާ 10،000 މީހުންގެ އާބާދީ ހަމަނުވާ ކަމުގައި ވިދާޅުވަމުންނެވެ. ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ރާޣިބް ވަނީ ނައިބު ވަޒީރުކަމުން ވަކިކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަމްހީދަށް ހަދިޔާގެ ގޮތުގައި އަހަރެއްގެ ތެރޭ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާޚަބަރު | 10 ގަޑިއިރު ކުރިންރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފި ޚަބަރު | 11 ގަޑިއިރު ކުރިންމަޖިލިސް މެމްބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި ޚަބަރު | 11 ގަޑިއިރު ކުރިންމީޑިއާ ބިލުގެ އެނަލަސިސްއަކާއި ނިޒާމުގެ ރިވިއުއެއް ހަދަން 4 މަސް ދޭން އެދެފިޚަބަރު | 2 ދުވަސް ކުރިން