logo
Bank of Maldives

Bank of Maldives

ޚަބަރު

ތިނަދޫ ސިޓީގެ މައްސަލަ ކޯޓަށް ހުށަހެޅި ރާގިބް، ނައިބު ވަޒީރުކަމުން ވަކިކުރައްވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
25 ނޮވެމްބަރު 2024 - 12:59
ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު އަދި ޤާނޫނީ ވަކީލު މުޙައްމަދު ރާޢިބް އަޙްމަދު: އޭނާ ވަނީ ނައިބު ވަޒީރުކަމުން ވަކިކުރައްވާފައި
ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު އަދި ޤާނޫނީ ވަކީލު މުޙައްމަދު ރާޢިބް އަޙްމަދު: އޭނާ ވަނީ ނައިބު ވަޒީރުކަމުން ވަކިކުރައްވާފައި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން ބާތިލްކުރުމަށް ހައި ކޯޓަށް މައްސަލަ ހުށަހެޅި، އެންވަޔަރަމެންޓް މިނިސްޓްރީގެ ނައިބު ވަޒީރު މުޙައްމަދު ރާޣިބު އެ މަގާމުން ވަކިކުރައްވައިފިއެވެ.

އޭނާ އެ މަގާމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަކިކުރެއްވިކަން އިއުލާންކުރެއްވީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެ ޕޯސްޓުގައި ހީނާ ވިދާޅުވި ގޮތުގައި، ރާޣިބު އެ މަގާމުން ވަކިކުރެއްވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

އެގޮތުން މީގެ ކުރިން ވެސް ދައުލަތުގެ ނައިބު ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން ދައުލަތާ ދެކޮޅަށް ވަކާލާތުކުރަން ރާޢިބް ވަޑައިގެންނެވުމުން، އެކަން އެގޮތަށް ނުކުރެވޭނެ ކަމުގައި ހައި ކޯޓުން އަމުރުކޮށްފައިވެއެވެ. އެގޮތުން މި މަހު ކުރީކޮޅު ހައި ކޯޓުން ނެރުނު އަމުރުގައި ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ހަމަޖައްސަވާ ސިޔާސީ މަގާމެއްގައި ހުންނަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް، ނައިބު ވަޒީރުގެ މަގާމުގައި ހުންނަވައިގެން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން ބާތިލްކުރުމަށް އެދި ހައި ކޯޓަށް ރާޣިބް މައްސަލަ ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން އެ މައްސަލަ އޭނާ ހުށަހެޅުއްވީ، ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިން އިރު، އެ ރަށުގައި ސިޓީއަކަށްވުމުގު ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއް ޝަރުތުކަމުގައިވާ 10،000 މީހުންގެ އާބާދީ ހަމަނުވާ ކަމުގައި ވިދާޅުވަމުންނެވެ.

ރާޣިބް އެ މައްސަލަ ހުށަހެޅުއްވި ނަމަވެސް، އަދި އެ މައްސަލަ ހައި ކޯޓުން ބަލައިގަތްކަމެއް ސާފުވެފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯދުން: ހީނާޚަބަރު | 12 ދުވަސް ކުރިންވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށްޚަބަރު | 2 މަސް ކުރިން ކޮންމެ މަސައްކަތްތެރިއެއްގެ ޚިދުމަތް ޤައުމަށް މުހިއްމު: ވަޒީރު ހީނާޚަބަރު | 3 މަސް ކުރިންމައްސަލަ އިސްތިއުނާފުކޮށް ޚިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވޭ ސީލައިފް އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފިޚަބަރު | 3 މަސް ކުރިން