logo
E-Platinum
ޚަބަރު

ފުލުހަކަށް ޙަމަލާދޭން އުޅުނީ 33 އަހަރުގެ ޒުވާނެއް

އަޙްމަދު ޒަލީފް
23 ނޮވެމްބަރު 2024 - 13:29
ފުލުހަކަށް ޙަމަލާދޭން އުޅުނީ 33 އަހަރުގެ ޒުވާނެއް

ހުޅުމާލެ ފޭސް އެކެއްގައި ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާ ދޭން އުޅެނިކޮށް ހައްޔަރު ކުރި މީހާގެ ވަނަވަރު އާއްމުކޮށްފި އެވެ.

އެ މީހަކީ އދ. ދަނގެތި، ލިލީގެ ހުސައިން ފާއިގް (33އ) އެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ވަޅިން ހަމަލާދޭން އުޅުނު މީހާ ހުއްޓުވަން އުޅުނު ފުލުސް އޮފިސަރަށް ވެސް ހަމަލާދޭން އުޅެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުން އޭނާ އެންމެ ފުރަތަމަ ހަމަލާދޭން އުޅުނީ މަގުރިބު ނަމާދުކުރަން ހުރި މުދިމަކަށެވެ.

ހަމަލާދޭން އުޅުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވިޑީއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެމީހާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވެ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެއްލުނު ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފަ: ފުލުހުން ޚަބަރު | 18 ގަޑިއިރު ކުރިންފުލުހަކު ހިމެނޭހެން މަސްތުވާތަކެއްޗާ އެކު ދެމީހަކު ހައްޔަރު ކޮށްފިޚަބަރު | 4 ދުވަސް ކުރިންޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެމީހަކު ސަލާމަތް ކޮށްފިޚަބަރު | 5 ދުވަސް ކުރިންއުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ އަތުލި މައްސަލަ ފުލުހަށްޚަބަރު | 6 ދުވަސް ކުރިން