logo
Bank of Maldives

Bank of Maldives

ޚަބަރު

ގެއްލުނު ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފަ: ފުލުހުން

ގެއްލުނު ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފަ: ފުލުހުން

ގެއްލުނު ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުން ޙަސަން ޔާމީން ހޯދުމަށް، ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކޮށްފައިވާކަމަށެވެ. އެގޮތުން، 2025 ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 03:24 ހާއިރު ޙަސަން ޔާމީން ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައުލޫމާތު އާއިލާއާ ހިއްސާކޮށް، އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގަށް ލިބުނު މި މައުލޫމާތާ ގުޅިގެން، މެރިން ޕޮލިހާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްތްގާޑު ގުޅިގެން، ޙަސަން ޔާމީން ޙޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގ. ގާރނެޓްގައި ދިރިއުޅޭ ޙަސަން ޔާމީން (30 އަހަރު) ޖުލައި 11 ވަނަ ދުވަހުގެ ރޭ 9:25 އެހައިކަށްހާއިރު ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް އެއްވެސް ޚަބަރެއް ނުވެ ވަނީ ގެއްލިފައެވެ. މި މައްސަލަ ފުލުހުންނަށް ރިފޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހު ޙަސަން ޔާމީންގެ އާއިލާގެ ފަރާތުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހަދަނީޚަބަރު | 7 ދުވަސް ކުރިންމާލެއިން މީހަކު ގެއްލިގެން ހޯދަނީޚަބަރު | މަހެއް ކުރިންހިޔާގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެޚަބަރު | 5 މަސް ކުރިންބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެޚަބަރު | 6 މަސް ކުރިން