logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެމީހަކު ސަލާމަތް ކޮށްފި

ނުހާ އަޙްމަދު
18 ޖުލައި 2025 - 07:14
ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެމީހަކު ސަލާމަތް ކޮށްފި

ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެމީހަކު ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނި، މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ، އޮޔާދާކަމަށް ރިޕޯޓްކުރެވުނު ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ވަނީ ފެނިފައިވާ ކަމަށާއި، އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބި ކަމަށެވެ.އަދި އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށާއި، އެއީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މި ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފް ގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ދުވަސްވަރަކީ މުޅިރާއްޖެ އަށް ވިއްސާރަކުރާ ދުވަސްވަރަކަށް ވާތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތް ތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓްއޮފީހުން ވަނީ އެދިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް، އެހީތެރިކަން ފޯރުކޮށްދޭން އޮތީ ތައްޔާރަށްޚަބަރު | މަހެއް ކުރިންކާށިދޫ ފަރަށް ބޯޓެއް އެރި ހާދިސާ: ގެެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެޚަބަރު | 2 މަސް ކުރިންކާށިދޫ ފަރަށް މުދާ އުފުލާ ބޯޓެއް އަރައި، އެއިން ދަތުރުކުރި މީހަކު ގެއްލިއްޖެޚަބަރު | 2 މަސް ކުރިންހިޔާގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެޚަބަރު | 2 މަސް ކުރިން