logo
ޚަބަރު

ތައިލެންޑްގެ ސަފީރަކަށް ފުއާދުގެ ނަން ހުށައަޅައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
25 ނޮވެމްބަރު 2024 - 04:38
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދް ތައުފީގް
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދް ތައުފީގް

ދިވެހިރާއްޖޭން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެ މަގާމަށް ފުވާދު އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. މި މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އޮތީ ކިންގްޑަން އޮފް ތައިލެންޑްގެ ސަފީރުކަމަށް ރައީސުލްޖުމްޙޫރިއްޔާ ފޮނުއްވާފައިވާ ނަން ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ. އެގޮތުން، ރައީސް ހުށަހަޅުއްވާފައިވަނީ ފުއާދުގެ ނަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންވެ، ރިޔާސަތުން ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެ މައްސަލަ އިތުރަށް ދިރާސާކުރަން ފޮނުވާފައެވެ.

ނަވާރަސަތޭކަ ހަތް ދިހަ އަށްވަނަ އަހަރުން ފެށިގެން އެކިއެކި އިންތިޚާބުތައް ބޭއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެލައްވަމުން އަންނަ ފުއާދު އީސީގެ މެންބަރު ކަމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ އާ ގާނޫނޫއަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި ކޮމިޝަނަށް 2008 ވަނަ އަހަރެވެ.

ފުވާދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ.

ފޮރިން ސާވިސް ޤާނޫނުގެ ދަށުން ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައިލެންޑްގެ ސަފީރަކަށް ފުއާދުގެ ނަން ހުށައަޅައިފިޚަބަރު | 9 މަސް ކުރިންއައު އުސޫލުގެ ސަބަބުން ވަގަށް ޕާޓީތަކަށް ވެއްދުމަށް ހުރަސްއެޅޭނެ: ފުއާދު ޚަބަރު | އަހަރެއް ކުރިންސިޔާސީ ޕާޓީތަކުން ފަސޭހައިން ވަކިވެވޭގޮތް އީސީން ހަދައިފިޚަބަރު | އަހަރެއް ކުރިން