logo
Bank of Maldives

Bank of Maldives

ޚަބަރު

އައު އުސޫލުގެ ސަބަބުން ވަގަށް ޕާޓީތަކަށް ވެއްދުމަށް ހުރަސްއެޅޭނެ: ފުއާދު

އާމިނަތު ޝަފާ
4 އޮކްޓޯބަރު 2024 - 07:48
އީސީއަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ފޯމުތަކެއް// ފޮޓޯ؛ މިހާރު އޮންލައިން
އީސީއަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ފޯމުތަކެއް// ފޮޓޯ؛ މިހާރު އޮންލައިން

ސިޔާސީ ޕާޓީތަކުން މެންބަރުކަމުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހެދުމާއެކު ވަގަށް ޕާޓީތަކަށް ވެއްދުމަށް ހުރަސްއެޅިގެންދާނެކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

"މެންދުރު އޮންލައިން" އިން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ފުއާދު ވިދާޅުވީ މިގޮތަށް ހެދުމުގެ ސަބަބުން ޕާޓީއަށް ވަދެވޭނީވެސް އަދި ޕާޓީން ވަކިވެވޭނީވެސް އަމިއްލައަށް ނުވަތަ ސީދާ އިލެކްޝަން ކޮމިޝަނުގެ ބެލުމުގެ ދަށުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާޓީން ވަކިވުމަށް އެދޭ ހިސާބުން ކޮމިޝަނުން އެ ފޯމެއް ވެރިފައިކޮށް ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީއަކަށް އަންގާނެކަމަށާއި އެހެންކަމުން މިއީ ރައްޔިތުންގެ މެދުގައި އިތުބާރު ހިފޭ އުސޫލަކަށް ވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ފުއާދު ވިދާޅުވިއެވެ.

އެ ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާއިރު މި އިންތިޒާމުގެ ދަށުން އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރުން ވަކިވުމަށް އެދި ހުށަހެޅޭނެއެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރުން ވަކިވުމަށް އެދި ހުށަހެޅޭ އިސީގެ އޮންލައިން ޕޯޓަލްގެ ލިންކް އެކޮމިޝަންގެ ވެބްސައިޓް އިން ފެންނާނެއެވެ.

އެ ޕޯޓަލްގެ "ސިޔާސީ ޕާޓީތައް" ކެޓަގަރީއަށް ފިތުމުން "ސިޔާސީ ޕާޓީއަކުން ވަކިވުމަށް" ފެންނަ ގޮތަށް ވަނީ ހަދާފައެވެ. އަދި އެތަނަށް ފިތުމުން ޕާޓީން ވަކިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމުތަކާއި ލިޔެކިޔުންތައް ފެންނަން ހުންނާނެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގެ ތާރީހީ ވޯޓު: ވޯޓުލުމުގެ ގާނޫނީ ޒިންމާ އަދާކޮށް ރައްޔިތުންގެ ބަސް އިއްވުން މުހިންމު ޚަބަރު | 3 މަސް ކުރިންމީޑިއާ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 4 މަސް ކުރިންކުރީގެ ނައިބުރައީސް އަދީބުގެ އެމްޓީޑީ އުވާލަން އީސީން ނިންމައިފިޚަބަރު | 4 މަސް ކުރިންބޮލަކަށް 193 ރުފިޔާގެ މަގުން 5 ސިޔާސީ ޕާޓީއަކަށް 43.3 މިލިޔަން ރުފިޔާ ޚަބަރު | 4 މަސް ކުރިން