logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫގެ ތާރީހީ ވޯޓު: ވޯޓުލުމުގެ ގާނޫނީ ޒިންމާ އަދާކޮށް ރައްޔިތުންގެ ބަސް އިއްވުން މުހިންމު

އާމިނަތު ޝަފާ
24 އޮކްޓޯބަރު 2025 - 05:04
އައްޑޫގެ ތާރީހީ ވޯޓު: ވޯޓުލުމުގެ ގާނޫނީ ޒިންމާ އަދާކޮށް ރައްޔިތުންގެ ބަސް އިއްވުން މުހިންމު

އައްޑޫ ސިޓީގެ 3 ރަށެއްގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވެ ރައްޔިތުންގެ އަޑު އިއްވާދިނުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައްޑޫ ސިޓީގެ 3 ރަށެއްގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަކީ މި ގާނުނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ ފުރަތަމަ ވޯޓެވެ.

ވޯޓު ނެގުން މާދަމާ އޮންނައިރު ވޯޓާ ގުޅޭގޮތުން  މެންދުރަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ނައިބު ރައީސް ސަލާހު ރަޝީދު ވަނީ ވޯޓުގައި ބައިވެރިވެ ރައްޔިތުންގެ އަޑު އިއްވާދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ސަލާހު ވަނީ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ގާނޫނީ ޒިންމާއަދާކޮށް އެރައްޔިތުންގެ ބަސްއިއްވައިދީ އެންމެ ފަހު ވަގުތާ ހަމައަށް މަޑުނުކޮށް ވޯޓުލުމުގެ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި ވޯޓުލާން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީ ކާޑު، ޕާސްޕޯޓު، ލައިސެންސް ކާޑު ނުވަތަ ޕާސްޕޯޓު ކާޑު ގެންދިއުމަށް ސަލާހުވަނީ ހަނދާންކޮށްދެއްވާފައެވެ.

މީގެ އިތުރުން އިންތިހާބު ކުރިއަށްދާ ވަގުތު ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ނުކުރެއްވުމަށްވެސް ސަލާހުވަނީ އިލްތިމާސްކުރައްވާފައެވެ.

އައްޑޫ ސިޓީގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.

މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބިގެންވެ އެވެ. އެއީ ހުޅުދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބޭ 1،242 މީހަކާއި މީދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބޭ 1،618 މީހަކާއި އަދި ފޭދޫގައި ބަހައްޓާ ފަސް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބޭ 2،835 މީހުންގެ އިތުރުން މާލޭގައި ބަހައްޓާ ހަތް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބޭ 3،881 މީހެކެވެ.

އައްޑޫ ފޭދޫ އާއި ހުޅުދޫ އާއި މީދޫގައި ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. ވޯޓުގެ ނަތީޖާ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގެ ތާރީހީ ވޯޓު: ވޯޓުލުމުގެ ގާނޫނީ ޒިންމާ އަދާކޮށް ރައްޔިތުންގެ ބަސް އިއްވުން މުހިންމު ޚަބަރު | 13 ދުވަސް ކުރިންމީޑިއާ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންކުރީގެ ނައިބު ރައީސް އަދީބުގެ އެމްޓީޑީ އުވާލަން ނިންމައިފި ޚަބަރު | 2 މަސް ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެޚަބަރު | 3 މަސް ކުރިން