logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީގެ ނައިބު ރައީސް އަދީބުގެ އެމްޓީޑީ އުވާލަން ނިންމައިފި

އާމިނަތު ޝަފާ
26 އޯގަސްޓު 2025 - 13:49
އަދީބު އެމްޓީޑީ އަށް ސޮއިކުރައްވަނީ، އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް އަދީބު
އަދީބު އެމްޓީޑީ އަށް ސޮއިކުރައްވަނީ، އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް އަދީބު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް(އެމްޓީޑީ) އަށް 3000 މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން ކުރި އިއުލާނުގައި ވަނީ އެމްޓީޑީ އުވާލަން ނިންމާފައިވާތީ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، 2025 އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމުމަށް އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީސީން ބުނީ އެމްޓީޑީ އަށް 3000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެކަން އެ ޕާޓީއަށް ކުރެވުފައިނުވާކަމަށާއި އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާގޮތަށް ޕާޓީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓުވެސް ހުށަހަޅަމުން ގެންގޮސްފައިނުވާކަމުގައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކުގައި މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެއެވެ. އެ އަދަދު ނެތްނަމަ އޮންނަ ގޮތަކީ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރުމެވެ.

އީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އެނގޭ ގޮތުން އެމްޓީޑީގައި މިހާރު ތިބީ 2،272 މެންބަރުންނެވެ. 

އެމްޓީޑީ ރަޖިސްޓްރީކޮށްފައިވަނީ، 2018ވަނަ އަހަރުގެ  ޑިސެމްބަރު 27 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގެ ތާރީހީ ވޯޓު: ވޯޓުލުމުގެ ގާނޫނީ ޒިންމާ އަދާކޮށް ރައްޔިތުންގެ ބަސް އިއްވުން މުހިންމު ޚަބަރު | 11 ދުވަސް ކުރިންމީޑިއާ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންކުރީގެ ނައިބު ރައީސް އަދީބުގެ އެމްޓީޑީ އުވާލަން ނިންމައިފި ޚަބަރު | 2 މަސް ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެޚަބަރު | 3 މަސް ކުރިން