logo
Bank of Maldives

Bank of Maldives

ރިޕޯޓް

ސިޔާސީ ޕާޓީއަކަށްވުމީ އަނެކުންގެ ހައްގާއި ކަރާމަތަށް އަރައިގަންނަންލިބޭ ލައިސަންސެއްނޫން

ސިޔާސީ ޕާޓީއަކަށްވުމީ އަނެކުންގެ ހައްގާއި ކަރާމަތަށް އަރައިގަންނަންލިބޭ ލައިސަންސެއްނޫން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ސިޔާސީ ޕާޓީ އުފެއްދުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މިނިވަންކަން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި ހައްގަކީ އެއްވެސް ހިފެހެއްޓުމެއް ނެތް، އަދި އަނެކުންގެ ހައްގުތަކަށް އަރައިގަނެވޭނެ ފަދަ ހުއްދައެއް ނޫނެވެ. ސިޔާސީ ޕާޓީއެއްގެ ނަމުގައި ހިންގޭ ހަރަކާތްތަކަކީ މުޖުތަމައުގެ އަމަންއަމާންކަމާއި، އަދަބު އަޚުލާގާއި، އަދި އެހެން މީހުންގެ އަބުރާއި ކަރާމަތަށް އިހުތިރާމްކުރާ ހަރަކާތްތަކަކަށް ވާންޖެހެއެވެ.

ޤާނޫނާއި އުސޫލުތަކަށް ތަބާވުން ލާޒިމް

ސިޔާސީ ޕާޓީތަކުގެ ގާނޫނު (2013/4) ގެ 45 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މިގޮތުން، އާންމު މައިދާންތަކުގައާއި މަގުތަކުގައި ބާއްވާ ބައްދަލުވުންތަކަކީ އެހެން ގާނޫނުތަކުން ހުއްދަކުރާ ދާއިރާގެ ތެރޭގައި ހިންގޭ ހަރަކާތްތަކަކަށް ވާންޖެހެއެވެ. ވަކިން ހާއްސަކޮށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް އަމަލުކުރުމަކީ ކޮންމެ ޕާޓީއަކަށްމެ ލާޒިމްކަމެކެވެ. ސިޔާސީ ހަރަކާތްތަކުގެ ނަމުގައި އާންމު ދަތުރުފަތުރަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާގޮތަށް މަގުތައް ބަންދުކޮށް ހިންގާ އަމަލުތަކަކީ ގާނޫނީ އިމުން ބޭރު ކަންކަމެވެ.

އަނެކާގެ އެ ހައްގަށް އިހުތިރާމްކުރުމަކީ ތަހުޒީބު މުޖުތަމައެއްގެ ސިފައެއް

Ad by Hajj Corporation

Ad by Hajj Corporation

ޑިމޮކްރެޓިކް ނިޒާމެއްގައި ސިޔާސީ ވާދަވެރިކަމަކީ އޮންނަންޖެހޭނެ ކަމެކެވެ. ނަމަވެސް، އެއް ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށް އަނެއް ޕާޓީއަކުން ހުރަސްއެޅުމަކީ ނުވަތަ އެއް ވަގުތެއްގައި އެއް ތަނެއްގައި ޖެދިޖެދިގެން ހަރަކާތްތައް ހިންގުމަކީ ގާނޫނު މަނާކުރާ، އަދި ސިޔާސީ އަޚުލާގާ ޚިލާފު ކަމެކެވެ. ޕާޓީއަކަށް ޖެއްސުން ކުރުމަށް ޖަގަހަ ކުރިމަތީ އެއްވެ މައްލަވަކޮށް ހަޅޭއްލެވުމަކީ ވެސް މި ހުދޫދުން ބޭރުކަމެކެވެ. ކޮންމެ ޕާޓީއަކަށްވެސް އެބައެއްގެ ފިކުރު ފާޅުކުރުމުގެ ފުރުސަތު އޮންނަންޖެހޭއިރު، އަނެކާގެ އެ ހައްގަށް އިހުތިރާމްކުރުމަކީ ތަހުޒީބު މުޖުތަމައެއްގެ ސިފައެކެވެ. މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމައުގައި ފިތުނަވެރިކަން އުފެދި، އަމަން އަމާންކަން ގެއްލިގެންދެއެވެ.

ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް މުޅި މުޖުތަމައުގެ އަޚުލާގީ ފޭރާން ވީދާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

މިހާރަކަށް އައިސް ސިޔާސީ އެއްވުންތަކުގައި ބޭނުންކުރާ ބަސްމަގާއި، އަޑުގަދަކުރާ ބޭނުންކޮށްގެން ހިންގާ ހަރަކާތްތަކުގެ ސަބަބުން އާންމު އިޖުތިމާއީ މިންގަނޑުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ވަރަށް ހިތާމަވެރި ކަމަކީ، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި، އެމީހުންގެ އަރާމާއި ހަމަޖެހުމަށް ބެލުމެއްނެތި ބާރަށް އަޑުގަދަކޮށް، ހަޑިހުތުރު ބަސްތައް ބޭނުންކުރަމުންދާ ކަމެވެ. ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާ ފަދަ ބަސްމަގު ބޭނުންކުރުމަކީ މުސްތަގުބަލުގެ ޖީލުތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި މުޅި މުޖުތަމައުގެ އަޚުލާގީ ފޭރާން ވީދާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ވެރިކަން ހޯދުމަށް ކުރާ މަސައްކަތަކީ ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ހައްގުތަކަށްވުރެ މަތީގައި އޮންނަންޖެހޭނެ ކަމެއް ނޫން

ކޮންމެ ސިޔާސީ ޕާޓީއަކީވެސް ގައުމަށް ހެޔޮއެދިގެން، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. ވެރިކަން ހޯދުމަށް ކުރާ މަސައްކަތަކީ ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ހައްގުތަކަށްވުރެ މަތީގައި އޮންނަންޖެހޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގާނޫނީ އިމުގެ ތެރޭގައި ތިބެ، އަނެކުންގެ ހައްގުތަކަށް އިހުތިރާމްކޮށް، އަދަބުވެރި ބަސްމަގު ބޭނުންކުރުމަކީ ކޮންމެ ސިޔާސީ ޕާޓީއެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ. އެގޮތަށް ޢަމަލުނުކުރެވޭ ޕާޓީތަކާމެދު ގާނޫނީ ފިޔަވަޅުއެޅުމަކީ ގެއްލެމުންދާ ރައްޔިތުންގެ ޙައްޤުތަކަށް ހޯދައިދެވޭނެ އިންސާފެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޔާސީ ޕާޓީއަކަށްވުމީ އަނެކުންގެ ހައްގާއި ކަރާމަތަށް އަރައިގަންނަންލިބޭ ލައިސަންސެއްނޫންރިޕޯޓް | 2 ގަޑިއިރު ކުރިންބައި އިލެކްޝަންގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނުކޮށް، މޮނިޓަރުންނާއި އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 5 ގަޑިއިރު ކުރިން ޤާނޫނާ ޚިލާފު ޙަރަކާތްތައް ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީއެންއެފް އަށް ދީފިޚަބަރު | 4 ދުވަސް ކުރިންރަކީދޫ އާއި ރަތްމަންދޫގެ ޑަބްލިއުޑީސީއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިން