މިއަހަރު އެކަނި 14 ކުއްޖަކަށް ބޯންމެރޯ ހެދުމުގެ ފުރުޞަތު
25 ނޮވެމްބަރު 2024 - 13:37
މިއަހަރުތެރޭ ޒަކާތު ފަންޑުން ޚަރަދުކޮށްގެން 14 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުފައިފިއެވެ.
އެގޮތުން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިއަހަރުގެ މިހާތަނަށް 8 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި މީގެ ތެރެއިން ބައެއް ކުދިންގެ ފަރުޥާ މިހާރު ނިމިފައިވާކަމަށްވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ވަނީ ހާމަކުރައްވާފައެވެ.
މިއަހަރު އެކި ދުވަސްވަރު 14 ކުއްޖަކު ބޯންމެރޯ ހެދުމަށް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އެއް ކުއްޖަކު ނިޔާވެފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ބާކީތިބި ކުދިންގެ ތެރެއިން މިއަހަރުގެ މިހާތަނަށް 8 ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައެވެ. އަދި މިވަގުތުވެސް 5 ކުއްޖަކު ބޯންމެރޯ ހަދަމުންދާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތައް ދައްކައެވެ.މިއާއެކު މިވީ އެއް އަހަރުތެރޭ ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުންވަނީ 8،033،646.37 ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެތެރެއިން އަންނަ އަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ބޯންމެރޯ ހަދަން ހުށައެޅި ކުދިންގެ ތެރެއިން، ސިއްޙީ ޙާލަތު ތަންދޭ ކުދިން ދެނެގަތުމަށް ބޭނުންވާ ޓެސްޓްތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.