logoEN
ޚަބަރު

ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ފަހު 6 ކުއްޖަކު އެނބުރި ރާއްޖެ އަތުވެއްޖެ

ހުސައިން ވަސީމްހުސައިން ވަސީމް

19 ޖެނުއަރީ 2025 - 13:53

ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓު ފުރިހަމަ ކުރުމަށް ފަހު 6 ކުއްޖަކު ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ބުނެފި އެވެ.

ބްލަޑް ސާވިސް އިން ބުނީ މިއަހަރުގެ މިހާތަނަށް ޖުމްލަ 14 ކުއްޖަކު ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައި ވާކަމަށާ އޭގެ ތެރެއިން 6 ކުއްޖަކު މިހާރު ބޯންމެރޯ ޓްރާންސްޕްލާންޓު ހަދާފައިވާ ކަމަށެވެ.

ބޯންމެރޯ ހެދުމަށް މިވަގުތު ރާއްޖެއިން ބޭރުގައި ތިބީ 7 ކުދިން ކަމަށާ އޭގެތެރެއިން 3 ކުއްޖަކު އަންނަ މަހު ރާއްޖެއަށް އަންނާނެކަމަށް އެމްބީއެސް އިން ބުނެ އެވެ.

މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް ދޭ ޓީ ޓޫ ސްޓާ ގެ ހިދުމަތް ވަރަށް އަވަހަށް ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް އިން ވެސް ލިބޭނެ ކަމަށް އެމްބީއެސް އިން ބުނެ އެވެ. މިކަމަކީ ތެލެސީމިއާ ކުދިންނާ އެކުދިންގެ އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އެމްބީއެސް އިން ވަނީ ބުނެފަ އެވެ.

އެމްބީއެސް އިން ބުނިގޮތުގައި މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެހީތެރިކަމާއެކު ރާއްޖެއިން ބޭރުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހެދުމަށް ފަހު 6 ކުއްޖަކު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށާ މިކަމުން ދައްކުވައިދެނީ ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާ ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

ތެލެސީމިއާ ބަލި ތަޙައްމަލް ކުރަމުންދާ 14 ކުށްޖަކުވަނީ ޒަކާތު ފަންޑުގެ ޚަރަދުގައި މިދިޔަ އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާފައެވެ.

ސަރުކާރު ހަރަދުގައި ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓު ހެދޭނެ ގޮތް މަގުފަހި ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފުޅެކެވެ.

2024 ވަނަ އަހަރު ޒަކާތު ފަންޑުން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް 8 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، ތެލެސީމިއާ ކުދިންނަށް އަޅާލުމާއި ފަރުވާ ހޯދައިދިނުމަށް ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި މުހިންމު ކަންތައްތަކެއް ހިމަނައި އަންނަނީ ތަންފީޒު ކުރަމުންނެވެ. މީގެ ތެރޭގައި ތެލަސީމާ އަށް ޚާއްޞަ ހޮސްޕިޓަލް ރާއްޖޭގައި އެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder