logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތަށް ފަސޭހަކުރަން ހޮޓްލައިނެއް ތައާރަފުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖުލައި 2025 - 09:26
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތަށް ފަސޭހަކުރަން ހޮޓްލައިނެއް

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން އެ އިދާރާގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ މަގުސަދުގައި ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.

މި ހޮޓްލައިން މެދުވެރިކޮށް އެމްބީއެސްގެ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ވަގުތުން ލިބިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްބީއެސްއިން ތައާރަފުކުރި މި ހޮޓްލައިން ނަންބަރަކީ 7333645 އެވެ. މި ނަންބަރު މެދުވެރިކޮށް، އެމްބީއެސްގެ ހުޅުވާފައި ހުންނަ ގަޑިތަކުގައި މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެމްބީއެސްއިން ބުނެއެވެ. މީގެ އިތުރުން، މި ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ހޯދުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެމްބީއެސްއިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00އިން ރޭގަނޑު 21:00އަށް ޚިދުމަތްދެއެވެ. މި ގަޑިތަކުގެ ތެރޭގައި އެކި ޚިދުމަތްތައް ދެވޭނެ ގަޑިތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ޑޮކްޓަރަށް ދެއްކުން އޮންނަނީ ހެނދުނު 8:00އިން ރޭގަނޑު 20:30އަށެވެ. އަދި ތެލަސީމިއާއަށް ސްކްރީން ކުރުން އޮންނަނީ ހެނދުނު 8:30އިން މެންދުރުފަހު 13:00އަށެވެ. ލޭ ހަދިޔާ ކުރުމަށް ދެވޭނީ ހެނދުނު 8:00އާއި ރޭގަނޑު 19:45އާ ދެެމެދުގެ ގަޑިތަކުގައި ކަމަށް އެމްބީއެސްއިން މައުލޫމާތު ދެއެވެ.

މި ހޮޓްލައިން ތައާރަފުކުރުމާއެކު، ޚާއްސަކޮށް ތެލަސީމިއާ ބަލި ހުންނަ ކުދިންނާއި މީހުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ދިވެހިރާއްޖެ އަކީ ދުނިޔޭގައި ތެލެސީމިއާގެ ނިސްބަތް އެންމެ މަތީ އެއް ގައުމެވެ. 2023 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައިވަނީ 900 ތެލެސީމިއާ ބަލިމީހުންނެވެ.

ރާއްޖޭގެ އާބާދީގެ 16 އިންސައްތައާއި 18 އިންސައްތައާ ދެމެދުގެ މިންވަރަކަށް ތެލަސީމިއާ ކެރިއަރުން އުޅޭކަމަށް ލަފާކުރެވެއެވެ.

2018 ވަނަ އަހަރު ތެލެސީމިއާ ބަލިމީހުންގެ ގޮތުގައި 874 މީހުން ރަޖިސްޓްރީވެފައިވާއިރު، އެ އަހަރު އަލަށް 13 ކުދިން ރަޖިސްޓްރީ ކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތެލެސީމިއާ ޖެހިގެން ރަޖިސްޓްރީ ކުރެވިފައިވަނީ 666 ކުދިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލެސީމިއާ ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ހާއްސަ ސެންޓަރެއް ޚަބަރު | 15 ދުވަސް ކުރިންމޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތަށް ފަސޭހަކުރަން ހޮޓްލައިނެއް ޚަބަރު | 2 މަސް ކުރިންތެލަސީމިއާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން ލިބިގަންނަންވީ އީޖާބީ ފިލާވަޅުތަކެއް: ރައީސްޚަބަރު | 4 މަސް ކުރިންހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ނިންމާލައިފިޚަބަރު | 4 މަސް ކުރިން