logo
Bank of Maldives

Bank of Maldives

ރިޕޯޓް

"ތެލެސީމިއާ ކޮންޓްރޯލްކުރުން: މިއީ ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް"

"ތެލެސީމިއާ ކޮންޓްރޯލްކުރުން: މިއީ ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް"

ކޮންމެ އަހަރެއްގެ މެއި މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ތެލެސީމިއާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ތެލެސީމިއާ ބައްޔާ މެދު އާންމުން ހޭލުންތެރިކުރުވުމާއި، ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމެވެ. ތެލެސީމިއާއަކީ ހަށިގަނޑުގައި ހީމޯގްލޯބިން އުފެދޭ މިންވަރު މަދުވުމުގެ ސަބަބުން ލޭގެ ރަތް ސެލްތައް އަވަހަށް ހަލާކުވާ ބައްޔެކެވެ. މީގެ ސަބަބުން ބަލި މީހާ އުމުރު ދުވަހަށް ލޭ އަޅަންޖެހި ދާއިމީ ފަރުވާ ހޯދަން މަޖުބޫރުވެއެވެ. ތެލެސީމިއާ ކުއްޖަކު އާންމުކޮށް ކޮންމެ 3 ނުވަތަ 4 ހަފުތާއަކުން ލޭ އަޅަންޖެހެއެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ އެއް ގައުމެވެ. އެހެންކަމުން މި ބަލި ކޮންޓްރޯލް ކުރުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 16% އާއި 18% އާ ދެމެދުގެ މީހުންނަކީ ތެލެސީމިއާ ކެރިއަރުންނެވެ. މިހާތަނަށް ރާއްޖޭގައި 950 އަށްވުރެ ގިނަ ކުދިން ތެލެސީމިއާ ބަލީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ލޭ މި ކުދިންނަށް ބޭނުންވެއެވެ. މާލޭގައި އެކަނިވެސް ދުވާލަކު 40-60 ޔުނިޓް ލޭ ބޭނުންވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުން ދަނީ ތެލެސީމިއާ ކުދިންގެ ފަރުވާގެ އިތުރުން އެކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. އެގޮތުން އާސަންދަ މެދުވެރިކޮށް ލޭ އެޅުމާއި އެކުދިންގެ ބޭސްތައް ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން، އެންސްޕާ މެދުވެރިކޮށް ކޮންމެ މަހަކު މާލީ އިނާޔަތް ދެއެވެ. މި ބައްޔަށް އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. ދައުލަތުގެ ހަރަދުގައި ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކުވެސް ވަކި މިންވަރަކަށް ކުދިން ރާއްޖެއިން ބޭރަށް ފޮނުވަމުންދާއިރު، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުމަށްޓަކައި، ޒަމާނީ ވަސީލަތްތަކާއެކު ތެލެސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށާފައެވެ. މީގެ އިތުރުން ސްކޫލް ނިންމާ ކުދިން ސްކްރީން ކުރުމާއި، ކައިވެނީގެ ކުރިން ހަދަންޖެހޭ ޓެސްޓުތައް ހިލޭ ހެދޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ތެލެސީމިއާ ކޮންޓްރޯލް ކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ. މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އާންމުންގެ އެއްބާރުލުން ނުހަނު ބޭނުންވެއެވެ. ކައިވެނީގެ ކުރިން ލޭ ޓެސްޓުކޮށް، ތިމާއަކީ ކެރިއަރެއްތޯ ދެނެގަތުމަކީ އަންނަން އޮތް ޖީލުތައް މި ބަލިން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. މީގެ އިތުރުން، ލޭ ހަދިޔާކުރުމުގެ އާދަ އަށަގެންނެވުމަކީ ތެލެސީމިއާ ކުދިންނަށް ދިރިހުރުމުގެ އުންމީދު ދިނުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.

ތެލެސީމިއާއަކީ ހަމައެކަނި ސިއްހީ މައްސަލައެއް ނޫނެވެ. މިއީ ގައުމީ ފެންވަރުގައި ހޭލުންތެރިވެ، އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމެކެވެ. ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި، އާންމުންގެ އެހީތެރިކަމާއެކު، ތެލެސީމިއާ ކުދިންނަށް އުފާވެރި އަދި ބާއްޖަވެރި މުސްތަޤުބަލެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާންޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ތެލެސީމިއާ ކޮންޓްރޯލްކުރުން: މިއީ ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް"ރިޕޯޓް | ގަޑިއިރެއް ކުރިންތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިމަހު ތެލެސީމިއާ އެލަވަންސް ދޭނެޚަބަރު | 4 މަސް ކުރިންތެލެސީމިއާ ދަފްތަރުގައި 650 މީހުންޚަބަރު | 4 މަސް ކުރިން