logo
Bank of Maldives

Bank of Maldives

ޚަބަރު

ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް: ރައީސް

މަރިޔަމް މާޙީ
8 މޭ 2026 - 08:06
ރައީސް ތެލެސީމިއާ ޕޭޝަންޓެއްގެ އަޑު އައްސަވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސް ތެލެސީމިއާ ޕޭޝަންޓެއްގެ އަޑު އައްސަވަނީ، ފޮޓޯ: ރައީސް އޮފީސް

ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ޕޯސްޓުގައި ތެލެސީމިއާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް އޯގާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތެލެސީމިއާ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށްމެ މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުންދީ، އެކުވެރި ބަދަހި ޤައުމެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެއްކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ ވެސް އަޅުގަނޑުމެންގެ އަމިއްލަ ދަރީންނާއި ޢާއިލީ މެންބަރުން ފަދަ ބައެއް ކަމަށެވެ. އެހެންކަމުން، އެ ޢާއިލާތަކަށް ބޭނުންވާނެ ޞިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެލެސީމިއާ ދުވަހާއި ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތްތައް ވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. މިއީ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯޑައިދިނުމަށް ޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިފައިންނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް: ރައީސްޚަބަރު | ގަޑިއިރެއް ކުރިންދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިމަހު ތެލެސީމިއާ އެލަވަންސް ދޭނެޚަބަރު | 4 މަސް ކުރިންތެލެސީމިއާ ދަފްތަރުގައި 650 މީހުންޚަބަރު | 4 މަސް ކުރިންބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަންޑުން ތިން އަހަރު ތެރޭ 24 މީހަކަށް އެހީވިޚަބަރު | 6 މަސް ކުރިން