logo
Bank of Maldives

Bank of Maldives

ޚަބަރު

ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިމަހު ތެލެސީމިއާ އެލަވަންސް ދޭނެ

އިސްމާޢިލް ރާތިޢު
22 ޖެނުއަރީ 2026 - 11:24
ރައީސް ތެލެސީމިއާ ޕޭޝަންޓެއްގެ އަޑު އައްސަވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސް ތެލެސީމިއާ ޕޭޝަންޓެއްގެ އަޑު އައްސަވަނީ، ފޮޓޯ: ރައީސް އޮފީސް

ތެލެސީމިއާ ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ދޭ އެލަވަންސް، ސެންޓަރުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މިމަހު ލިބެންފަށާނެ ކަމަށް ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮޕަތީސް ސެންޓަރުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. މަރިޔަމް ޖޫދާ ރަޝީދު ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ ސެންޓަރުގައި ދަފްތަރު ކުރެވިފައިވާ 651 ފަރާތްތަކަށް، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ރިޢާޔަތްކޮށް އެކުލަވާލި ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދުގގެ ދަށުން މިމަހު އެލަވަންސް ލިބޭނެކަމަށެވެ. މިއެލަވަންސް ލިބޭނީ އެކަމަށް އެދި ހުށަހެޅުމުންކަމަށްވެސް ޑރ. ޖޫދާ ވިދާޅުވިއެވެ.

ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދުގައިވާގޮތުން ދަފްތަރުވެފައިވާ ހުރިހާ ފަރާތަކަށް އެލަވަންސް ހަމަޖެހުމުގެ ފުރުސަތު އޮތް ނަމަވެސް، ފަރުވާ ލިބުމަށްފަހު ތެލަސީމިއާއަށް ފަރުވާކުރަން ނުޖެހޭނަމަ، އެފަރާތްތަކަށް އެލަވަންސެއް ނުލިބޭނެއެވެ. އެހެންނަމަވެސް، ފަރުވާއަށްފަހުވެސް ތެލަސީމިއާ ބައްޔަށް ފަރުވާކުރަންޖެހޭ ޙާލަތަކަށް ރުޖޫޢަވެއްޖެނަމަ އެފަރާތަކުން އެލަވަންސަށް އެދި އަލުން ހުށަހަޅާތާ 1 މަސް ދުވަހުގެ ތެރޭގައި އެލަވަންސް ދިނުމާމެދު އެޖެންސީން ގޮތެއް ނިންމާނެ ކަމަށް ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުން ބުނެއެވެ.

އެލަވަންސް ހޯދުމަށް ހުށަހަޅާނީ ވަންގަވް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެންނެވެ. އެލަވަންސަށް އެދި ހުށަހެޅުމުން އެންސްޕާގެ ފަރާތުން އެލަވަންސް ހަމަޖެހޭނެކަމަށާއި، ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެލަވަންސް ލިބޭކަން ކަށަވަރުކޮށްދިނުމަށް އެންސްޕާއާއި ތެލަސީމިއާ ސެންޓަރުން ވަރަށް ގާތުން މަސައްކަތް ކުރާނެކަމަށް އެސެންޓަރުން ބުނެއެވެ. އެލަވަންސް ހޯދުމަށް ހުށަހަޅާއިރު، 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އެލަވަންސް ހޯދުމަށް ހުށަހަޅާނަމަ، އެކުއްޖާގެ މައިންބަފައިންގެ މަޢުލޫމާތާއި، ކުއްޖާ ބަލަހައްޓާ ބެލެނިވެރިޔާގެ މަޢުލޫމާތު ހިމެނުމަށް ސަމާލުކަން ދިނުމަށް އެސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިހާރު ދަފްތަރުވެފައިވާ ފަރާތްތަކުންވެސް މިމަޢުލޫމާތު އަދާހަމަކުރުމަށް އެ ސެންޓަރުން އެދުނެވެ.

މިމަހު އެލަވަންސަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މިރޭ 12 ގެ ނިޔަލަށެވެ. އެހެންނަމަވެސް ފެބްރުވަރީ މަހުން ފެށިގެން އެލަވަންސަށް އެދި ހުށަހެޅޭނީ ކޮންމެ މަހެއްގެ 15 ގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ރިޢާޔަތްކޮށް އެކުލަވާލި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ތެލަސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އެލަވަންސެއް މިއަހަރު ދޭންފަށަން ނިންމާފައިވަނީ ތެލަސީމިއާ ހުންނަ ފަރާތްތަކަށް ލިބޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޢާންމު ދިރިއުޅުމެއް އުޅުމުގެ ފަހި މާޙައުލެއް ކަށަވަރު ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތުގެ ދަށުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިމަހު ތެލެސީމިއާ އެލަވަންސް ދޭނެޚަބަރު | 2 ގަޑިއިރު ކުރިންތެލެސީމިއާ ދަފްތަރުގައި 650 މީހުންޚަބަރު | 3 ދުވަސް ކުރިންބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަންޑުން ތިން އަހަރު ތެރޭ 24 މީހަކަށް އެހީވިޚަބަރު | 2 މަސް ކުރިންމޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތަށް ފަސޭހަކުރަން ހޮޓްލައިނެއް ޚަބަރު | 7 މަސް ކުރިން