logo
E-Platinum
ޚަބަރު

ޒަކިއްޔާގެ މަރު: ތަޙުޤީޤު އަވަސްކުރުމަށް ގޮވާލާ ހޮޅުދޫގައި އެއްވުމެއް ބާއްވައިފި

އަޙްމަދު ޒަލީފް
25 ނޮވެމްބަރު 2024 - 14:10
ޒަކިއްޔާގެ މަރު: ތަޙުޤީޤު އަވަސްކުރުމަށް ގޮވާލާ ހޮޅުދޫގައި އެއްވުމެއް ބާއްވައިފި

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އިންސާފު ނުލިބޭކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މަރުގެ ތަޙުޤީޤު އަވަސް ކުރުމަށް ގޮވާލާ، އެއްވުމެއް މިއަދު ހޮޅުދޫގައި ބާއްވައިފިއެވެ.

މި އެއްވުމުގައި ހޮޅުދޫގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ވަނީ ބައިވެރިވެފައެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާގެ ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ.

IMG_3021.jpeg

ޒަކިއްޔާއަށް އިންސާފަށް އެދި ހޮޅުދޫގައި ބޭއްވި އެއްވުން

އޭނާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރުނު ނަމަވެސް، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް ފުލުހުންގެ ތަޙުޤީޤު ނިމިފައެއް ނުވެއެވެ.

ޒަކިއްޔާގެ މަރުވީ އަމިއްލައަށް ނޫން ކަމަށް ބުނެ، އެކަމަށް ބާރުދޭ ލިޔުމެއް ތައްޔާރުކޮށް އެ ލިޔުމުގެ ޕްރިންޓުތަކެއް ވަނީ އެ ރަށު ބައެއް މަގުތަކަށް އަޅާފައެވެ.

IMG_3026.jpeg

ޒަކިއްޔާއަށް އިންސާފަށް އެދި ހޮޅުދޫގައި ބޭއްވި އެއްވުން

ޒަކިއްޔާގެ މަރާ ގުޅިގެން ތުހުމަތުތަކެއް އަމާޒުވަމުންދާތީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމިއެވެ. އަދި އޭނާގެ މަރާ ގުޅޭ ތަހުގީގު ހިންގުމަށް މާލެއިން ހާއްސަ ޓީމެއްވެސް ހޮޅުދުއަށް ދިޔައެވެ. ޒަކިއްޔާގެ އާއިލާއާއި ހޮޅުދޫ ރައްޔިތުން އަދިވެސް ތިބީ މިއަދު އެ ގެނުވި ސިހުމާއި އެ ސިހުމުން އުފެއްދި ސުވާލުތަކަށް ސާފު ޖަވާބެއް ލިބުމުގެ އިންތިޒާރުގައެވެ.

އަނިޔާވެރި މަރެއްގެ ތުހުމަތު އޮތަތީ އެ ތުހުމަތަށް އަވަސް ފައިސަލާއެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކިއްޔާގެ އާއިލާއަށް ރައީސް ދެއްވީ ޔަޤީންކަން: "އިންސާފު ހޯދައިދޭނަން" ޚަބަރު | 18 ގަޑިއިރު ކުރިންޒަކިއްޔާގެ ދަރިންގެ އިލްތިމާޞް: "ހެއްކެއް ނެތި ބައްޕަގެ ބޮލުގައި ތުޙުމަތު ނާޅުވާ"ޚަބަރު | 3 މަސް ކުރިންޒަކިއްޔާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިޚަބަރު | 3 މަސް ކުރިންޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމެޓީއަށް ޚަބަރު | 5 މަސް ކުރިން