logo
Bank of Maldives

Bank of Maldives

ޚަބަރު

ޒަކިއްޔާގެ ދަރިންގެ އިލްތިމާޞް: "ހެއްކެއް ނެތި ބައްޕަގެ ބޮލުގައި ތުޙުމަތު ނާޅުވާ"

އަޙްމަދު ޒަލީފް
30 އޭޕްރީލު 2025 - 09:35
ޒަކިއްޔާގެ ދަރިންގެ އިލްތިމާޞް: "ހެއްކެއް ނެތި ބައްޕަގެ ބޮލުގައި ތުޙުމަތު ނާޅުވާ"

އެކަށީގެންވާ ސާބިތު ހެކި ނެތި މަންމަ (ޒަކިއްޔާ)ގެ މަރުގެ ތުޙުމަތު ވަކި މީހެއްގެ ބޮލުގައި ނޭޅުވުމަށް ޒަކިއްޔާގެ ދަރިން އިލްތިމާޞްކޮށްފިއެވެ.

ޒަކިއްޔާގެ ދަރިންގެ ފަރާތުން މިއަދު ސޯޝަލް މީޑިޔާގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ހެއްކެއް، ހަޤީޤަތެއް ނެތި ވަކި މީހެއްގެ ބޮލުގައި މަންމަގެ (ޒަކިއްޔާ) މަރުގެ ތުޙުމަތު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ވަކި މީހަކާ ދިމާކޮށް ބިރު ދައްކާ އިންޒާރު ދިނުމަކީ ވަރަށް ފިނޑި ޢަމަލެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ރަށުގެ އަމަން އަމާން ކަން ނަގާލާ ފިތުނަވެރި ބިރުވެރި ތަނަކަށް ވެއްޓެން ޖެހުމުގެ އަސްލަކީ މިއަދު މަގުމަށްޗަށް ނިކުމެ ފާޅުގައާއި ސިއްރިޔާތުގަ އިންސާފުގެ ނަމުގަ މަސައްކަތް ކުރާ ވަކިބަޔެއްގެ ސަބަބުން. އާދޭހަކީ އަހަރުމެންގެވެސް އުފަން ރަށުގަ މިނިވަންކަންމަތީ ގޭ ބޭރު ޖޯލިފައްޗަށާއި ބޭރުތެރޭ އުޅޭ ގަޑިއަކީ މީހެއް ދިމާކޮށްދާނެ ފަދަ ބިރުވެރި ގަޑި އަކަށް ނުހެދުން" - ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަންމަގެ މަރަށް އިންސާފު ބޭނުންވާ ކަމަށާއި އިތުރު އެހެން ބަޔަކު ނޭދޭ ވަރަށް އެކަމަށް އާއިލާއިން އެދޭ ކަމަށް ޒަކިއްޔާގެ ދަރިން ވަނީ ބުނެފައެވެ.

IMG_6384.jpeg

ޒަކިއްޔާގެ ދޮށީ ދަރި އަލީ ރިމްޒީ އާއްމުކޮށްފައިވާ ބަޔާން

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ. މި މައްސަލާގައި އޭނާ މަރާލި ކަމަށާއި އެކަމުގައި އިންސާފު އަވަސްކޮށްދިނުމަށް އެދި ހޮޅުދޫގައި އެތައް އެއްވުމެއް ބާއްވާފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ސާމިހު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާކުރަނީޚަބަރު | 4 މަސް ކުރިންޒަކިއްޔާގެ އާއިލާއަށް ރައީސް ދެއްވީ ޔަޤީންކަން: "އިންސާފު ހޯދައިދޭނަން" ޚަބަރު | 5 މަސް ކުރިންޒަކިއްޔާގެ ދަރިންގެ އިލްތިމާޞް: "ހެއްކެއް ނެތި ބައްޕަގެ ބޮލުގައި ތުޙުމަތު ނާޅުވާ"ޚަބަރު | 7 މަސް ކުރިންޒަކިއްޔާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިޚަބަރު | 8 މަސް ކުރިން