logo
Bank of Maldives

Bank of Maldives

ޚަބަރު

ދަރިންނަށްދޭ ޚަރަދު ބޮޑުކޮށްދޭން އެދެފި

އަޙްމަދު ޒަލީފް
25 ނޮވެމްބަރު 2024 - 15:20
ދަރިންނަށްދޭ ޚަރަދު ބޮޑުކޮށްދޭން އެދެފި

ދަރިންގެ ޚަރަދަށް ބައްޕަ ދޭންޖެހޭ ފައިސާގެ އަދަދު އިތުރުުކުރުމަށް، ކަމާ ގުޅޭ އިސްލާހީ ހެޔޮ ބަދަލުތައް ގެނެސްދޭން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ ޚިދުމަތާއި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މަހެއްގެ މައްޗަށް ކަނޑައެޅިފައިވާ 2000 ރުފިޔާއަކީ ދަރިންގެ ހުރިހާ ޚަރަދެއް ފޫބެއްދޭވަރަށް ވުރެ މާކުޑަ އަދަދެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެންމެ ކުޑަމިނުން ސްކޫލް ފީއާއި ޓިއުޝަން ފީތަކަށް އެކަނި ބަލާލިކަމުގައިވިޔަސް 2،000ރ އަކުން ނުފުއްދޭނެއެވެ. ކުޑަކުދިންނަށް ކާންދޭ ތަކެތީގެ އިތުރުން ނެޕީގެ ހަރަދުތަކަށް އެކަނި ބެލިނަމަވެސް މި ފައިސާ ނުފުއްދޭނެއެވެ.". އޭނާ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ، ގަވާއިދުން މި އަދަދު ބަޔާން ކުރެވިފައިވުމުގެ ސަބަބުން، ކޯޓުގެ ދިގު މުރަހަލާތައް ކަޑައްތު ކުރުމަށްފަހުވެސް ލިބެނީ ހަމަ މި އަދަދު ކަމުން، މީގެ ސަބަބުން ރޫޅިފައިވާ އާއިލާތަކުގެ އެކަނިވެރި މައިންނަށް މިކަން ބަރުސާތުކުރުން އުނދަގޫ ކަމަަކަށްވަމުންދާ ކަމަށެވެ.

ކުޑަކުދިންނަށް ކާންދޭ ތަކެތީގެ އިތުރުން ނެޕީގެ ޚަރަދުތަކަށް އެކަނި ބެލިނަމަވެސް މި ފައިސާއިން ނުފުދޭނެކަން ފާހަގަކޮށްފައިވެ އެވެ.

 އާއިލާއާ ބެހޭ ގާނޫނުގެ 72ވަނަ މާއްދާގައި ވާގޮތުން ކުއްޖާ ބެލެހެއްޓުމުގެ ޚަރަދަށް ކޮންމެ މަހަކު 2000 ރުފިޔާ ބައްޕަ ދޭންޖެހެ އެވެ. އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ދޭންޖެހެ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިންގެ ޚަރަދު ނުދޭ މީހުންގެ ވަނަވަރު ހާމަކުރަން ފެމިލީ ކޯޓުން ފަށައިފިޚަބަރު | 3 މަސް ކުރިންދަރިންނަށްދޭ ޚަރަދު ބޮޑުކޮށްދޭން އެދެފި ޚަބަރު | އަހަރެއް ކުރިން