logo
E-Platinum
ކުޅިވަރު

ރޮނާލްޑޯގެ މޮލުކުޅުމާއެކު އަލް ނަޞްރު ޗެންޕިއަންސް ލީގުގެ ތާވާލުގެ ދެވަނައަށް

އަބްދުﷲ ޣާނިމް
26 ނޮވެމްބަރު 2024 - 06:44
އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ. ފޮޓޯ: ފަބްރީޒިއޯ
އަލް ނަޞްރުގެ ކެޕްޓަން ރޮނާލްޑޯ. ފޮޓޯ: ފަބްރީޒިއޯ

އޭ.އެފް.ސީ ޗެންޕިއަންސް ލީގުގައި ޤަތަރުގެ އަލް ޣަފަރާ އާ ދެކޮޅަށް ކުޅުނުމެޗުން އަލް ނަސްރުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ. ރޭގައި ޤަތަރުގައި ކުޅެވުނު މި މެޗުން ކާމިޔާބުކުރީ 3-1 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލަކީ ދެވަނަ ހާފުފެށިގެން ފުރަތަމަ މިނެޓުގައި ރޮނާލްޑޯ ބޮލުންޖެހި ގޯލެކެވެ. އަލް ނަޞްރުގެ ދަވަނަ ގޯލު ކާމިޔާބުކުރީ ގެބްރިއެލް އެވެ. ރޮނާލްޑޯގެ ދެވަނަ ގޯލަކީ ގެބްރިއެލް ދިން ބޯޅައަކުން ރޮނާލްޑޯގެ ކަނާތުފައިން ޖެހި ރީތި ގޯލެކެވެ.

ރޭގެ މެޗުން މޮޅުވުމުން އަލް ނަޞްރު ވަނީ އޭ.އެފް.ސީ ޗެންޕިއަންސް ލީގުގެ ތާވަލުގެ ދެވަނައަށް އަރާފައެވެ.

ރޭގެ ދެގޯލާއެކު ރޮނާލްޑޯ ވަނީ އޭނާގެ އުމުރުން 30 އަހަރު ހަމަވިފަހުން ޖުމްލަ 550 ގޯލު ޖެހުމުގައި ސީދާގޮތުން ބައިވެރިވެފައެވެ. މިއީ 2024 ވަނަ އަހަރުގައި އޭނާ ޖެހި 40 ވަނަގޯލެވެ. އަދި މި ސީޒަނުގައި ރޮނާލްޑޯ އަލް ނަޞްރުގެ ޖޯޒީގައި 17 މެޗުން 13 ގޯލާއި 3 އެސިސްޓު ހަދާދީފައިވެއެވެ.

ރޮނާލްޑޯގެ ކެރިއަރުގައި އޭނާ މިހާތަނަށް ވަނީ 913 ގޯލު ޖަހާފައެވެ. އެގޮތުން އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑްވެސް އޮންނަނީ އޭނާ އަތުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޮއާއޯ ފީލިކްސް އަން ނަޞްރަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންއަސްލު ގޯޓުގެ ސޮއި ހޯދުމަށް ރޮނާލްޑޯގެ އަލް ނަޞްރުން ބިޑުކުރަނީކުޅިވަރު | 2 ދުވަސް ކުރިންޖޯއާއޯ ފީލިކްސް ރޮނާލްޑޯގެ އަލް ނަޞްރަށްކުޅިވަރު | 3 ދުވަސް ކުރިންއަލް ނަޞްރުގެ ކޯޗުކަމަށް އަލް ހިލާލްގެ ކުރީގެ ކޯޗު ހަމަޖައްސައިފިކުޅިވަރު | 15 ދުވަސް ކުރިން