logo
E-Platinum
ކުޅިވަރު

ރޮނާލްޑޯއަށް 1000 ގޯލު ގެ ރެކޯޑް ހެދިދާނެތަ؟

އަބްދުﷲ ޣާނިމް
13 ނޮވެމްބަރު 2024 - 04:51
ރޮނާލްޑޯ ވަނީ ޕޯޗުގީޒް ކުޅުންތެރިންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ޕްލެޓިނަމް ކުއިނާސް" އެވޯޑު ހާސިލްކޮށްފައި. ފޮޓޯ: ރޮނާލްޑޯ
ރޮނާލްޑޯ ވަނީ ޕޯޗުގީޒް ކުޅުންތެރިންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ޕްލެޓިނަމް ކުއިނާސް" އެވޯޑު ހާސިލްކޮށްފައި. ފޮޓޯ: ރޮނާލްޑޯ

 ޕޯޗުގީޒް ސުޕަރ ސްޓާރ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 1000 ގޯލު ޖެހުމުގެ އަމާޒު ޙާޞިލުކުރުމަށް ދަތިވެދާނެކަމަށް އިޢުތިރާފުވެއްޖެއެވެ. ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްޕީއެފް) އިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރޮނާލްޑޯއަށް ވަނީ ޕޯޗުގީޒް ކުޅުންތެރިންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ޕްލެޓިނަމް ކުއިނާސް" އެވޯޑު ހަވާލުކޮށްފައެވެ. މި އެވޯޑު ހަވާލުކުރަމުން އެފްޕީއެފްގެ ރައީސް ފަރނާންޑޯ ގޯމަސް ވިދާޅުވީ ޕޯޗުގަލްގެ ސަފީރެއްގެ ގޮތުގައި މި އެވޯޑު އެންމެ ޙައްޤު ފަރާތަކީ ޝައްކެއްނެތް ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށެވެ.

 

 ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު 5 ފަހަރު ހޯދާފައިވާ މިހާރު އުމުރުން 39 އަހަރުގެ ރޮނާލްޑޯ މި ހަފްލާގައި ވާހަކަ ދައްކަމުން ބުނެފައިވަނީ "ދިގު މުއްދަތަކަށް ވިސްނުން" އޭނާއަށް ދަތިވާ ކަމަށެވެ. އަދި އޭނާ ހާސިލް ކުރަން ބޭނުންވާ 1000 ގޯލު ޖެހުމުގެ ރެކޯޑް ހާސިލް ކުރުމަށް ދަތިތަކެއް ހުރިނަމަވެސް އޭނާގެ ފިޓްނެސް ތަންދިން މިންވަރަކުން އެކަން ހާސިލް ކުރުމަށް މަސައްކަތް ކުރާނެކަމަށް ބުނެފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ހަމައަށް ފިޓްނެސް ހިފަހަށްޓާލެވިއްޖެނަމަ އެ އަހަރުގެ ވޯލްޑް ކަޕުގައި ކުޅެވިދާނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައެވެ. އަދި ރޮނާލްޑޯ ވަނީ އަދިވެސް ރިޓަޔަރ ކުރުމުގެ ވިސްނުމެއް ނެތްކަން ހާމަކޮށްފައެވެ.

ސައުދީ ޕްރޯ ލީގުގެ އަލް-ނަސްރު ކުލަބަށް ކުޅެމުންދާ ރޮނާލްޑޯ، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު 40 އަހަރު ފުރޭނެއެވެ. އަދި 1000 ގޯލު ޖެހުމުގެ ރެކޯޑް ހާސިލް ނުކުރެވުނަސް އޭނާ އަކީ މިހާރުވެސް އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑްއޮތް ކުޅުންތެރިޔާއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފިކުޅިވަރު | 2 މަސް ކުރިންނޭޝަންސް ލީގު ފައިނަލުގައި ރޮނާލްޑޯ އާއި ޔަމާލްގެ ކުރިމަތިލުން މިރޭކުޅިވަރު | 2 މަސް ކުރިންރޮނާލްޑޯގެ ގޯލާއެކު ފަހަތުން އަރައި ޖަރުމަނުބަލިކޮށް، ޕޯރޗުގަލް ފައިނަލަށްކުޅިވަރު | 2 މަސް ކުރިންޗެންޕިއަންސް ލީގުގެ ސެމީއިން ބަލިވެ ރޮނާލްޑޯ ހުސްއަތާ ސީޒަން ނިންމާލަނީކުޅިވަރު | 3 މަސް ކުރިން