ޔުއޭފާ ނޭޝަންސް ލީގު: ރޮނާލްޑޯގެ ބައިސިކަލް ގޯލުން ޕޯޗުގަލް ކުއާޓަރ ފައިނަލަށް

ޕްލެންޑު ކޮޅަށް ރޮނާލްޑޯ ޖެހި ބައިސިކަލް ގޯލް. ފޮޓޯ: ގެޓީ އިމޭޖެސް

16 ނޮވެމްބަރު 2024 - 04:30
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އުމުރަކީ ހަމައެކަނި ނަންބަރެއްކަން އަނެއްކާވެސް ސާބިތުކޮށްދީފިއެވެ. ހުކުރު ދުވަހުގެ ރޭ ޕޯޓޯގައި ބޭއްވުނު ޔޫއެފާ ނޭޝަންސް ލީގް 2024-25 ގެ ގްރޫޕް ސްޓޭޖް ޕޮލެންޑާ ދެކޮޅަށް ކުޅެ، ވަނީ ރީތި ދެ ގޯލާއެކު އެސިސްޓު ހަދާފައެވެ. މި މެޗު ޕޯޗުގަލްއިން ކާމިޔާބު ކުރީ 5-1 އިންނެވެ.
ރޮނާލް ޑޯގެ ފުރަތަމަ ގޯލަކީ ޕެނަކާ ޕެނަލްޓީ އެކެވެ. އެޔަށްފަހު މެޗުގެ 87 ވަނަ މިނެޓްގައި ވިޓިންހާ ދިން ކްރޮސްއަކުން ރޮނާލްޑޯ ޖެހީ އޯވަހެޑް ބައިސިކަލް ކިކް ގޯލެކެވެ. މި ގޯލަކީ 2017-18 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ރިއަލް މެޑްރިޑާ ޔުވެންޓަސް އާއި ދެކޮޅަށް ޖެހި މަޝްހޫރު ގޯލު ހަނދާންއާކޮށްދިން ގޯލެކެވެ.
ރޭގައި ޖެހި ދެ ގޯލާއެކު ރޮނާލްޑޯގެ ކެރިއަރ ގޯލުގެ އަދަދު 910 އަށް އަރައިފިއެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ރެކޯޑެކެވެ. އަދި 1000 ގޯލުގެ ތާރީޚީ ރެކޯޑާ ހަމައަށް ދިއުމަށް މިހާރު ބާކީ އޮތީ 90 ގޯލެވެ. އަދި ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ޤައުމީ ޓީމުގެ ޖޯޒީގައި އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިޔާގެ ރެކޯޑްވެސް ހަދާފައެވެ.39 އަހަރުގެ ރޮނާލްޑޯ މި ސީޒަންގައި ހުރީ ވަރަށް ފޯމުގައެވެ. އެގޮތުން މި އަހަރު ކުޅުނު 47 މެޗުން 44 ގޯލު ޖެހުމުގައި ސިދާ ގޮތުން ވަނީ ބައިވެރިވެފައެވެ. 2024 ވަނަ އަހަރުގައި ދެވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯއެވެ. ޔޫއެފާ ނޭޝަންސް ލީގް ގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް ރޮނާލްޑޯއެވެ.
ރޭގެ މޮޅާއެކު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޕޯޗުގަލް ވަނީ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
އިތުރު ލިޔުންތައް

ފަހު ވަގުތު ރޮނާލްޑޯ ބޭރަށް ޖެހި ޕެނަލްޓީއާއެކު އަލް ނަޞްރު ކިންގްސް ކަޕުން ކަޓައިފި.
6 މަސް ކުރިން
ރޮނާލްޑޯއަށް 1000 ގޯލު ގެ ރެކޯޑް ހެދިދާނެތަ؟
5 މަސް ކުރިން
ރޮނާލްޑޯ އަށް ނަޗޯ ކައިރިން ސަލާމަތް ނުވެވުނު
5 މަސް ކުރިން