logo
Bank of Maldives

Bank of Maldives

ޚަބަރު

ވަކާލާތު ކުރެވޭނެ ގޮތް ހޯދަން ރާޤިބު ސްޕްރީމް ކޯޓަށް

އަޙްމަދު ޒަލީފް
26 ނޮވެމްބަރު 2024 - 15:37
ވަކާލާތު ކުރެވޭނެ ގޮތް ހޯދަން ރާޤިބު ސްޕްރީމް ކޯޓަށް

ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭ ގޮތަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ އެންވަޔަރަމަންޓްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ މީހެއްގެ ދިފާއުގައި ރާގިބު ވަކާލާތުކުރި މައްސަަލަ މީގެ ކުރިން ހޫނުވެ ހައިކޯޓުން ވަނީ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ރާގިބް ވަނީ ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރައްވައިފަ އެވެ.

މިދިޔަ ހަފްތާފައި އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.

ރާޤިބު ހުރި މަޤާމުން އޭނާ ވަކިކުރީ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން ބާތިލްކުރުމަށް ހައި ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

މީގެ ކުރިން ވެސް ދައުލަތުގެ ނައިބު ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން ދައުލަތާ ދެކޮޅަށް ވަކާލާތުކުރަން ރާޢިބް ވަޑައިގެންނެވުމުން، އެކަން އެގޮތަށް ނުކުރެވޭނެ ކަމުގައި ހައި ކޯޓުން އަމުރުކޮށްފައިވެއެވެ. އެގޮތުން މި މަހު ކުރީކޮޅު ހައި ކޯޓުން ނެރުނު އަމުރުގައި ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ހަމަޖައްސަވާ ސިޔާސީ މަގާމެއްގައި ހުންނަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް، ނައިބު ވަޒީރުގެ މަގާމުގައި ހުންނަވައިގެން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން ބާތިލްކުރުމަށް އެދި ހައި ކޯޓަށް ރާޣިބް މައްސަލަ ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން އެ މައްސަލަ އޭނާ ހުށަހެޅުއްވީ، ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިން އިރު، އެ ރަށުގައި ސިޓީއަކަށްވުމުގު ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއް ޝަރުތުކަމުގައިވާ 10،000 މީހުންގެ އާބާދީ ހަމަނުވާ ކަމުގައި ވިދާޅުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | 7 ދުވަސް ކުރިންއުއްތަމަ ފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިޚަބަރު | 2 މަސް ކުރިންއަނަސްގެ މަރު: މައްސަލައިގައި ހިމެނޭ މީހުން ބަންދު ކުރަން އަމުރުކޮށްފި ޚަބަރު | 3 މަސް ކުރިންސްޕްރީމް ކޯޓުންވެސް ޝަމްޢާން މިނިވަނެއް ނުކުރި ޚަބަރު | 3 މަސް ކުރިން