logoEN
ޚަބަރު

އެމްއެންޔޫގެ އަހަރީ ދުވަހާއި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ވަޒީރުން ---ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ވަޒީރުން ---ފޮޓޯ ރައީސް އޮފީސް

މަރިޔަމް ޔަނާ އަލީމަރިޔަމް ޔަނާ އަލީ

01 ސެޕްޓެމްބަރު 2024 - 09:25

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ މީސްމީޑިއާ މެދުވެރިކުރައްވައި މިއަދު ވަކިވަކިން ކުރެއްވި ދެ ޕޯސްޓެއްގައެވެ.

މިއަދު ފާހަގަކުރާ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިފުލުހުންގެ ޤައުމީ ޚިދުމަތުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަންކުރައްވައި ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް މުބާރަކްބާދީ އަރިސްކުރައްވާފައެވެ. އަދި ދިވެހި ޤައުމާ ރައްޔިތުންނަށްޓަކައި ރެއާއިދުވާލު ދިވެހިފުލުހުން ދެއްވާ ޒިންމާދާރު ފަޚުރުވެރި ޚިދުމަތް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި، އެ ޔުނިވަރސިޓީގެ ވެރިންނާއި މުވައްޒަފުންނާއި އެދުރުންނާއި އިސްދަރިވަރުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އެމަނިކުފާނު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder