މަޝަރާނޯ އިންޓަރ މިއާމީގެ އައު ކޯޗަކަށް

އިންޓަރ މިއާމީގެ އައު ކޯޗު މަޝަރާނޯ. ފޮޓޯ: އިންޓަރ މިއާމީ

27 ނޮވެމްބަރު 2024 - 06:53
މަޝްހޫރު އާޖެންޓީނާ ކުޅުންތެރިޔާ މަޝަރާނޯ އިންޓަރ މަޔާމީގެ އައު ކޯޗަކަށް ރަސްމީކޮށް ހަމަޖައްސައިފިއެވެ. މަޝަރާނޯ އަކީ އާޖެންޓީނާ އަދި ބާސެލޯނާގައި މެސިއާއެކުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި މީގެ އިތުރުން އިންޓަރ މިއާމީގައި މިހާރު ކުޅެމުންދާ ޖޯޑި އަލްބާ، ސާޖިއޯ ބުސްކެޓްސް އަދި ލުއިސް ސުއާރެޒް އަކީވެސް މަޝަރާނޯ އާއެކު ބާސެލޯނާގައި ކުޅެފައިވާ ކުޅުންތެރިންނެވެ. މި ހުރިހާ ކުޅުންތެރިންވެސް 2025 ވަނަ އަހަރުގެ ސީޒަންގައި އިންޓަރ މިއާމީ އަށް ކުޅޭނެ ކަމަށް ބެލެވެއެވެ.
އިންޓަރ މިއާމީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޝާރާނޯ ކްލަބުގެ އައު ކޯޗަކަށް ހަމަޖެއްސުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މަޝާރާނޯ މި މަޤާމަށް ހަމަޖެއްސީ ކުރީގެ ކޯޗު ޓާޓާ މާޓީނޯ އަމިއްލަ ސަބަބުތަކަކަށްޓަކައި މަޤާމުން ވަކިވުމާ ގުޅިގެންނެވެ.
މަޝާރާނޯ އެންމެ ފަހުން މަސައްކަތް ކުރަމުން އައީ އާޖެންޓީނާގެ އަންޑަރ-20 ޓީމާއި އޮލިމްޕިކް ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. އޭނާ ވަނީ އިންޓަރ މިއާމީ އާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އޭނާގެ މަސައްކަތުގެ ހުއްދައިގެ ކަންކަން ނިމުމުން ރަސްމީކޮށް މަސައްކަތް ފަށާނެއެވެ.
އިތުރު ލިޔުންތައް

މެސީގެ ޖާދުލާއިއެކު އިންޓަ މިއާމީ އިން ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށް، ކްލަބް ވޯލްޑް ކަޕަށް
6 މަސް ކުރިން
މެސީގެ ކޮންމެ ހަރަކާތެއް ލައިވްކޮށް ދައްކާލުމަށް ޓިކްޓޮކްގައި "މެސީ-ކެމް" ބޭނުންކޮށްފި.
5 މަސް ކުރިން.png&w=3840&q=75)
ފަހުވަގުތު އެޓަލާންޓައިން ޖެހި ގޯލާއެކު މޭސީގެ އިންޓަރ މިއާމީ ޕްލޭއޮފްގެ 3 ވަނަ ރައުންޑެއް ކުޅެން ޖެހިއްޖެ.
5 މަސް ކުރިން