logoEN
ކުޅިވަރު

ޔުއޭފާ ޗެންޕިއަންސް ލީގު: ބާސާ އާއި އާރސެނަލް މޮޅުވެއްޖެ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

27 ނޮވެމްބަރު 2024 - 07:30

ޔުއޭފާ ޗެންޕިއަންސް ލީގުގައު ރޭގައި ފްރާންސް ގެ ބްރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ. ރޭގެ މެޗުން އެޓީމު މޮޅުވީ 3-0 އިންނެވެ. ބާސެލޯނާގެ އަމިއްލަދަނޑުގައި ކުޅުނު މި މެޗުގައި ޖެހި ފުރަތަމަ ގޯލަކީ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލެވްނަޑޮވްސްކީ ޖެހި ގޯލެކެވެ. އަދި ދެވަނަ ގޯލު ޖަހައިދިނީ މި ސީޒަނުގައި މޮޅުކުޅުމެއް ކުޅެމުން އަންނަ އޮލްމޯ އެވެ. އަދި ބާސެލޯނާގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރުވަގުތުގައި ލެވަންޑޮވްސްކީ އެވެ.

ރޭގެ މޮޅާއެކު ބާސެލޯނާ ވަނީ ޗެންޕިއަންސް ލީގުގެ ތާވަކުގެ 2 ވަނައަށް އަރާފައެވެ.

ރޭގެ މި މުބާރާތުގައި ކުޅެވުނު އާރސެނަލް އާއި ސްޕޯޓީންގ ލިސްބަން ބައްދަލުކުރި މެޗުން އާރސެނަލްވެސް ވަނީ ފަސޭހަ މޮޅެއް ހޯދާފައެވެ. ސްޕޯރޓިންގ ގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އާރސެނަލް އިން ކާމިޔާބުކުރީ 5-1 އިންނެވެ. މިމެޗުގައި އާރސެނަލްގެ ގޯލުތައް ޖަހައިދިނީ މާޓިނެއްލީ އާއި ހާވާރޓްޒް އާއި ގެބްރިއެލް ގެ އިތުރުން ސަކާ އާއި ޓްރޮސާޑެވެ.

މި މެޗަކީ ޗެންޕިއަންސް ލީގުގައި އަވޭ ދަނޑެއްގައި އާރސެނަލް އިން ހޯދި އެންމެ ބޮޑު މޮޅެވެ. ރޭގެ މޮޅާއެކު އާރސެނަލް ވަނީ ތާވަލުގެ 7 ވަނަ އަށް އަރާފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder