logo
ދުނިޔެ

ސްރީލަންކާގައި ފެންބޮޑުވެ 5 މީހަކު މަރުވެއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
28 ނޮވެމްބަރު 2024 - 04:59
ސްރީލަންކާގައި ފެންބޮޑުވެ 10،000 ގެ އެއްކޮށް ހަލާކުވެއްޖެ--- ފޮޓޯ/އަލްޖަޒީރާ
ސްރީލަންކާގައި ފެންބޮޑުވެ 10،000 ގެ އެއްކޮށް ހަލާކުވެއްޖެ--- ފޮޓޯ/އަލްޖަޒީރާ

ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ފަސް މީހުން މަރުވެއްޖެއެވެ.

 އޭގެ ތެރޭގައި ސްކޫލަށް ގޮސް އެނބުރި އައި ތިން ކުއްޖަކު ވެސް ހިމެނެ އެވެ. އަދި އިތުރު ފަސް މީހަކު އަދިވެސް ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވި ދެ ދުވަހު ކުރި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބި، ގެތަކާއި މަގުތަކާއި ދަނޑުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ތޫފާނުގެ ސަބަބުން ފަރުބަދަތަކުގެ ސަރަޙައްދުތަކުގައި ރޭލު ދަތުރުތައްވެސް ވަނީ މެދުކަނޑާލާފައެވެ.

އެ ހާދިސާގައި އަންގާރަ ދުވަހުގެ ހަވީރު ސްކޫލުން އެނބުރި ގެއަށް ދިއުމަށް ދަތުރުކުރި ހަ ކުދިން ހިމެނޭ ގޮތަށް އަށް މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އެ މީހުން ދަތުރުކުރި ޓްރެކްޓަރު ފެންބޮޑުވުމުގެ ސަބަބުން އޮޔާ ދަމައިގަނެފައިވާތީ ކަމަށް ފުލުހުން ހާމަކުރެއެވެ.

ބުދަ ދުވަހު ތިން ކުދިންގެ ހަށިގަނޑު ފެނިފައިވާއިރު، އެ ހާދިސާ ހިނގިއިރު ޓްރެކްޓަރުގައި 11 ކުއްޖަކު ދަތުރުކޮށްފައިވެއެވެ. އޭގެ ތެރެއިން ފަސް ކުދިން ވަނީ ސަލާމަތްކޮށްފައެވެ.

އޭގެ އިތުރުން ފާރެއް ވެއްޓިގެން މަރުވި އަންހެނަކާއި، ފެންބޮޑުވުމުގެ ސަބަބުން މަރުވި އެކަކު ވެސް ހިމެނޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ލަންކާގެ ޓީވީ ޗެނަލް ޑެރާނާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއާފޯސް ހެލިކޮޕްޓަރުތަކުގެ އެހީތެރިކަމާ އެކު ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބުދަ ދުވަހުގެ ނިޔަލަށް 3،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު ގާތްގަނޑަކަށް 600 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންލަންކާގެ ސަލާމަތަށް ނުރައްކާވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި: ރިޕޯޓްޚަބަރު | މަހެއް ކުރިންދެ ޤައުމަށް ފައިދާ ކުރާނެ އެތައް ކަމެއް ކުރެވިދާނެ - ލަންކާ ރައީސް ޚަބަރު | މަހެއް ކުރިންލަންކާއާ އެކުވެސް އެކި ދާއިރާތަކުން އެއްބަސްވުންތައް އެކުލަވާލާނެޚަބަރު | މަހެއް ކުރިން