logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާއާ އެކުވެސް އެކި ދާއިރާތަކުން އެއްބަސްވުންތައް އެކުލަވާލާނެ

އަޙްމަދު ޒަލީފް
28 ޖުލައި 2025 - 06:06
ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން އެއްބަސްވުންތަކެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށް ށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވަޑައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ރައީސްވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވިކަން ހާމަކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާއި ދެމެދު އެކި ދާއިރާތަކުން މާނަހުރިގޮތެއްގައި ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މަޝްވަރާތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން އެއްބަސްވުންތަކެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަންވެސް ސްރީލަންކާގެ ރައީސްވަނީ ހާމަކުރައްވާފައެވެ.

Gw68offa0AAVKRh.jpg

ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

Ad by Hajj Corporation

Ad by Hajj Corporation

ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރުފުރޭ މުނާސަބާއާއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.

ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށެވެ. މިއީ އެމަނިކުފާނު މިދިޔަ އަހަރު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 15 ދުވަސް ކުރިންދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރަން: ރައީސްޚަބަރު | 16 ދުވަސް ކުރިން ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު ޚަބަރު | 16 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި ޚަބަރު | 16 ދުވަސް ކުރިން