logo
Bank of Maldives

Bank of Maldives

ޚަބަރު

ކުދިންގެ ޒާތީ މައުލޫމާތު އާއްމުކޮށްފިނަމަ ފިޔަވަޅު އަޅާނެ

އާމިނަތު ޝަފާ
28 ނޮވެމްބަރު 2024 - 10:21
ކުދިންގެ ޒާތީ މައުލޫމާތު އާއްމުކޮށްފިނަމަ ފިޔަވަޅު އަޅާނެ

ކުދިންގެ ޒާތީ މައުލޫމާތު ސީދާ ގޮތުންނާއި ނުސީދާގޮތުން ނަމަވެސް އެއްވެސް މީޑިއާއަކުން އާންމުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރާ ހިލާފަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކާ އަދި އެ ނޫންވެސް އެހެން މީޑިއާގެ ވަސީލަތްތައް ނުވަތަ މަންސަތަކުގައި ކުޑަކުދިންގެ ކަރާމަތަށް އުނިކަން އަންނަފަދަ މައުލޫމާތު އާންމުކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށާއި އެގޮތަށް ބަޔާންކޮށްފައިވާއިރު ބައެއް މީޑިއާގެ ވަސީލަތްތަކުގައި ކުޑަކުދިންގެ މައުލޫމާތު އާންމުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެފަދަ ކަންކަމަކީ ކުއްޖާގެ ކަރާމަތާއި ރައްކާތެރިކަމަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއްކަމާއި އެގޮތަށް މައުލޫމާތު އާންމުކުރުމަކީ އެކަމުގެ ސަބަބުން ކުދިންގެ މަސްލަހަތު ރައްކާތެރިނުކުރެވި ކުއްޖާ އަނިޔާއަކަށް އަދި ނުރައްކަލަކަށް ނުވަތަ ގޯނާއަކަށް ހުށަހެޅިދާނެ ކަމެއްކަމަށްވެސް އޮފީހުން ހާމަކުރެއެވެ.

ވުމާއެކު ކުދިންގެ ޒާތީ މައުލޫމާތު ސީދާ ގޮތުންނާއި ނުސީދާގޮތުން ނަމަވެސް އެއްވެސް މީޑިއާއަކުން އާންމުކޮށްފިކަން އެ އޮފީހުގެ ސަމާލުކަމަށް އަތުވެއްޖެނަމަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަތައް ދައުރުކުރާތީ ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން ކުށްވެރިކޮށްފިޚަބަރު | އަހަރެއް ކުރިންކުދިންގެ ޒާތީ މައުލޫމާތު އާއްމުކޮށްފިނަމަ ފިޔަވަޅު އަޅާނެޚަބަރު | 2 އަހަރު ކުރިން