ރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަތައް ދައުރުކުރާތީ ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން ކުށްވެރިކޮށްފި

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓުންތަކެއް -- ފޮޓޯ: އެމްޑީޕީ
.jpg&w=3840&q=75)
16 މާރިޗު 2025 - 15:29
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިިކަލުންނާ ގުޅުވައި، އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަތައް ބްރޮޑްކާސްޓްކޮށް ދައުރުކުރާތީ، ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން އެކަން ކުށްވެރިކޮށްފިއެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓަކު، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިޔޯއެއް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކުން ބްރޮޑްކާސްޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާއިރު، އެ ޙައްގުގެ ބޭނުންކުރަންވާނީ ރާއްޖޭގައި ތަސްދީޤުކޮށް އަމަލުކުރަމުންދާ ގާނޫނީ ތަރަހައިގެ ތެރެއިން ކަމުގައި ފާހަގަކުރަމުން އެ ބަޔާނުގައި އެ އޮފީހުން ބުނީ، ގާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ ޢާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާ ވެސް ކަމަށެވެ.
އަދި ކުޑަކުދިންގެ ޙައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުޢާހަދާއަށް ރިއާޔަތްކޮށް އެކުލަވާލައިފައިވާ ކުޑަކުދިންގެ ޙައްގުތައް ރާއްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ވެސް، ކުޑަކުދިންނަށް ލިބިފައިވާ ޙައްޤުތަކާއި، އެކުދިންނާ މަތިކުރެވިފައިވާ ޒިންމާތަކާއި އަދި އެކުދިންނާ މެދު އެހެނިހެން ފަރާތްތަކަށް އޮތް ޒިންމާތަކެއް ކަނޑައެޅިފައިވާއިރު، ޤާނޫނު އަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހެއްގެ ވެސް އަބުރު ރައްކާތެރިކުރެވިފައިވާ ކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.
އަދި އެފަދަ ވާހަކަތަކެއް ހިމެނޭ މަންޒަރާއި އަޑު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކުން ދައްކާފައިވާތީ އެކަން ކުށްވެރިކުރަމުން އެ އޮފީހުން ވަނީ، އެފަދަ ކަންކަމަކީ ކުޑަކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ، ނަފްސާނީ ގޮތުން އެކުދިންނަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ކުޑަކުދިންގެ މަސްލަހަތައް އުނިކަން އަންނާނެ ފަދަ އަމަލުތައް ނުކުރުމަށާއި އަދި އެ ކުދިންނަށް ގާނޫނުތަކާއި މުއާހަދާތަކުން ލިބިދޭ ހިމާޔަތާއި ހައްގުތައް ރައްކާތެރިކޮށްދިނުން ކަށަވަރުކުރުމަށް އެ އޮފީހުން ވަނީ ގޮވާލާފައެވެ. އަދި އެ ހާދިސާ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމުގައި ވެސް އެ ބަޔާނުގައި އެ އޮފީހުން ބުނެފައިވެއެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން އެފަދަ ބަޔާނެއް ނެރެފައިވާއިރު، ރައީސްގެ ދަރިކަލުންނާ ގުޅުވައި އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަތައް ގިނަ ފަރާތްތަކުން ވަނީ ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ މައްސަލައިގައި އެ ފަރާތްތަކަށް ދައުވާކުރަން ރައީސްގެ އައިލާއިން ވަނީ ނިންމާފައެވެ.
އިތުރަށް ކިޔާލަން:
Fayyaz aai Mandhi adhi MDP aai dhekolhah Raees ge aailaa in dhauvaa kuraneeFacebookViberTelegramXWhatsApp
އިތުރު ލިޔުންތައް

އެމްޑީޕީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް މަސައްކަތް ފަށަނީ
8 މަސް ކުރިން
ރާއްޖޭގެ މާލީ ހާލަތު ގޯސްވަނީ ސަރުކާރުގެ ސިޔާސަތާއި ހެދި: އަމީރު
8 މަސް ކުރިން
އެމްޑީޕީ އިހު އޮތްގޮތަށް އިޔާދަކުރުމަށް ބޭނުންވަނީ ކުރީގެ މެމްބަރުން : ރީކޯ މޫސާ
7 މަސް ކުރިން