logo
Bank of Maldives

Bank of Maldives

ޚަބަރު

"ބޮޑު ބަދަލު" ބައްދަލުވުން ލަންކާގައި ވެސް ބާއްވަނީ

އައިޝަތު ނަޝާ
11 މޭ 2026 - 03:35
"ބޮޑު ބަދަލު" ބައްދަލުވުން ލަންކާގައި ވެސް ބާއްވަނީ

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ބާއްވާ "ބޮޑު ބަދަލު" ބައްދަލުވުން ސްރީ ލަންކާގައި ބޭއްްވުމަށް ނިންމައިފިއެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ލަންކާގެ ދެހިވަލައިގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ ބައްދަލުވުން ކުރިއަށް ދާނީ އެރޭ 20:00 އިން 22:00 އަށް ކަމަށާއި،ލަންކާގައި އުޅޭ ވީހާ ވެސް ގިނަ ދިވެހިން އެ ބައްދަލުވުމުގައި ބައިވެރިވުމަށް ކެމްޕެއިން ޓީމުގެ ފަރާތުން އެދިފައިވެއެވެ.

'ބޮޑު ބަދަލު' ގެ ބައްދަލުވުންތަކެއް މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ބާއްވާފައިވެއެވެ. ނަޝީދުގެ ފަރާތުން ބޮޑު ބަދަލު އިއުލާންކުރީ މިދިޔަ މަހުގެ 19 ގައެވެ.

ޖޫން 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އިބްރާހީމް މުހައްމަދު (ވާޑު) އެވެ.

އެ އިންތިހާބު ކެމްޕެއިން ވަރަށް ވާދަވެރިކޮށް ކުރިއަށްދާ މަންޒަރު ދަނީ ފެންނަމުންނެވެ. ހާއްސަކޮށް ނަޝީދާއި މީކާއީލްގެ މެދުގައި ވަރަށް ބޮޑަށް ވާދަވެރިކަން ފެންނަމުން އެބަދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ބޮޑު ބަދަލު" ބައްދަލުވުން ލަންކާގައި ވެސް ބާއްވަނީޚަބަރު | ގަޑިއިރެއް ކުރިންޤާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށް ދެ ޕާޓީއަކަށް އީސީގެ އެންގުމެއް!ޚަބަރު | 12 ދުވަސް ކުރިންސަރުކާރުގެ ބޮންޑުގައި އިންވެސްޓްކުރަން ދެކޮޅުހެދި ސަރުވަޝް އެމްޑީޕީއަށްޚަބަރު | 13 ދުވަސް ކުރިންހަމައެއްލަމައެއްނެތި އާންމުންނަށް އުނދަގޫކޮށް ވިޔަފާރިތަކަށް ގެއްލުންދެނީ، ދަހިވެތި ކަމުގެ ޢަމަލެއްރިޕޯޓް | 17 ދުވަސް ކުރިން