logo
ޚަބަރު

ފައްޔާޒާއި މަންދީ އަދި އެމްޑީޕީއާއި ދެކޮޅަށް ރައީސްގެ އާއިލާއިން ދައުވާ ކުރަނީ

ހުސައިން ވަސީމް
15 މާރިޗު 2025 - 11:13
ފައްޔާޒާއި މަންދީ އަދި އެމްޑީޕީއާއި ދެކޮޅަށް ރައީސްގެ އާއިލާއިން ދައުވާ ކުރަނީ

ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ އެމްޑީޕީގެ މުޒާހަރާގައި ވާހަކަ ދެއްކިމައްސަލާގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ޕާޓީގެ އިސް އެކްޓިވިސްޓު އަދި ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.

ރައީސް ޑރ. މުއިއްޒުގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އާއިލާގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ފައްޔާޒުއާއި މަންދީ އަދި އެމްޑީޕީގެ މައްޗަށް މަދަނީ ދައުވާއެއް ކުރާނެ ކަމަށެވެ. މި ދައުވާ ކުރަނީ ރައީސްގެ ދަރިކަލުންނާއި ގުޅުވާ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދެއްކުމާ ގުޅިގެން ކަމަށް އާޒިމާ ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިމައްސަލާގައި ފައްޔާޒުގެ މައްޗަށް ދައުވާ ކުރަނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާށް ހިއްވަރުދީ އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ މައްޗަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމުކުރި ފަރާތުން ޒިންމާވާންޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. މީގެ އިތުރުން އިތުރު ބަޔަކަށް ފިޔަވަޅު އަޅަންޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މި ހަފްތާގެ ތެރޭގައި މި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ އާއިލާ އިން ކުރަނީ މަދަނީ ދައުވާ އެއް ކަމަށާ އެހެން ނމަަވެސް ޖިނާއީމައްސަލައެއްގެ ގޮތުގައި ތަހުގީގީ އިދާރާތަކުން ބެލުމާށް ނިންމައިފި ނަމަ އެއީ އެ އިދާރާއެއްގެ ކަމެއްކަމަށް އާޒިމާ ވިދޅާުވި އެވެ.

އާޒިމާ އިތުރަށް ވިދާޅުވީ މި ކަމުގެ ސަބަބުން ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށެވެ.

ރައީސްގެ ދަރިކަލުންނާއި ނިސްބަތްވާގޮތަށް އެމްޑީޕީގެ މުޒާހަރާގައި ބުނެފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރާތީ ކަމަށެވެ.

އަމިއްލަފުޅަށް ފަރުދީގޮތުން، މަންމަގެ ޙައިޞިއްޔަތުން ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު އާންމުކުރެއްވި ނޫސްބަޔާނުގައި ވިދާޅުވީ، އެކަމަނާގެ ދަރިފުޅު ޢުމައިރުއަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ޚާއްޞަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ޙަޤީޤަތެއްނެތް، ދޮގު ވާހަކަތަކެއް ދައްކައިފައިވާ ކަމަށެވެ. މިގޮތުން ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި، ޢުމައިރަކީ ވޭޕް ބޭނުންކުރާ ކުއްޖެއް ކަމުގައިބުނެ ފަތުރާފައިވާ ދޮގުވާހަކަތަކެއް ހިމެނޭކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްޠީނު މައްސަލަ ހައްލުކުރުމަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކުރާކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | 8 ގަޑިއިރު ކުރިންޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް: ރައީސްޚަބަރު | 19 ގަޑިއިރު ކުރިންރައީސްގެ ނިންމެވުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓުޚަބަރު | ދުވަހެއް ކުރިންރައީސް، ފްރާންސްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިން