logo
ޚަބަރު

ޑިސެމްބަރު މަހުގެ ތެރޭގައި ބުޅާތައް ގެންދަން މަޝްވަރާކުރަނީ

އާމިނަތު ޝަފާ
29 ނޮވެމްބަރު 2024 - 10:07
 އޮޅު ހިޔާއަށް  ބުޅާތައް ގެންދަން ފެށުމުގެ އެންމެ ފަހުގެ މަޝްވަރާތައް އެން.ޖީ.އޯސްތަކާއެކު ކުރިއަށްދަނީ// ފޮޓޯ: މާލޭ ސިޓީ ކައުންސިލް
އޮޅު ހިޔާއަށް ބުޅާތައް ގެންދަން ފެށުމުގެ އެންމެ ފަހުގެ މަޝްވަރާތައް އެން.ޖީ.އޯސްތަކާއެކު ކުރިއަށްދަނީ// ފޮޓޯ: މާލޭ ސިޓީ ކައުންސިލް

އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި މާލެ ތެރޭގައި އުޅޭ ބުޅާތައް އޮޅު ހިޔާއަށް ގެންދަން މަޝްވަރާކުރަމުން އަންނަކަމަށް މާލޭ ސިތީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ އޮޅު ހިޔާއަށް ބުޅާތައް ގެންދަން ފެށުމުގެ އެންމެ ފަހުގެ މަޝްވަރާތައް އެން.ޖީ.އޯސްތަކާއެކު ކުރިއަށްދާކަމަށެވެ. ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި މާލެތެރޭ އުޅޭ ބުޅާތައް މަގުމަތިން ނަގަން ފެށުމަށްކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

ހުޅުމާލޭ ފޭސް 2 ގައި ގާތްގަނޑަކަށް 5،000 އަކަފޫޓުގެ ބޮޑު ބިމެއްގައި ހަދާފައިވާ ބުޅާ ފެސިލިޓީއަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ހޯދަން މީގެ ކުރިންވަނި އިއުލާނުކޮށްފައެވެ.

"އޮޅު ހިޔާ" އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެމަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ ޚަބަރު | މަހެއް ކުރިން 25 އަހަރުގެ ތަޖުރިބާއާއެކު ވަޑައިގެންނެވި މޭޔަރަށް އޮޑިޓްކުރަންޖެހޭކަންވެސް ނޭނގެނީތޯ؟ރިޕޯޓް | 2 މަސް ކުރިންއޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަނީ ޚަބަރު | 2 މަސް ކުރިންހުކުރު ދުވަސްތަކުގެ ހެނދުނު މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ ޚަބަރު | 3 މަސް ކުރިން