ކާރެއްގައި ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ބަންދަށް 15 ދުވަސް

30 ނޮވެމްބަރު 2024 - 01:14

މާލޭގެ ޕާކިން ޒޯނެއްގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައިހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މާލޭގެ ބުރުޒު މަގު، ސިނަމާލެ އެކެއް ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ 18:25 ހާއިރު ވަނީ އެވެ.

Ad by Hajj Corporation
އެ މައްސަލައިގެ ތުހުމަތުގައި ބުރާސްފަތި ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މާލެ، މ. އަރާރައިކުރި، ޚާލިދު މަހުމޫދު (35 އަހަރު) އާއި އދ. މާމިގިލި، ބްލޫ ވިންޑް، ހަސަން ނަސީމް (31 އަހަރު) އެވެ.
ފުލުހުން ރޭ ވިދާޅުވީ އެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުނެވެ.