logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިންގެ އަތުން ނަގާ ޓެކުހާއި ފީ ބޮޑުކޮށްފި

އާމިނަތު ޝަފާ
1 ޑިސެމްބަރު 2024 - 07:30
ފަތުރުވެރިންތަކެއް
ފަތުރުވެރިންތަކެއް

ރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ އާއި ޓެކްސް ބޮޑުވެއްޖެއެވެ.

ސަރުކާރުން ވަނީ ގްރީން ޓެކްސް ދެގުނަކޮށް، ޓީޖީއެސްޓީ އަދި ޑިޕާޗާ ފީ ބޮޑުކުރަން ހުށަހެޅި ހުށަހެޅުން މަޖިލީހަށް ހުށަހެޅިގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި ފާސްކުރީ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 8 މެންބަރަކު ވޯޓުދެއްވިއެވެ.

މިއާއެކު މިއަދުން ފެށިގެން އިކޮނޮމިކް ކުލާހުން ފުރާ ބިދޭސީންގެ އަތުން ކުރިން ނެގި 30 ޑޮލަރު، 50 ޑޮލަރަށް ބޮޑުވެ، ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގި 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުވެ، ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގި 90 ޑޮލަރު، 240 ޑޮލަރަށް ބޮޑުވެ އަދި

ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން ނެގި 120 ޑޮލަރު، 480 ޑޮލަރަށް ބޮޑުވެފައިވެއެވެ.

މިއާއެކު އަންނަ އަހަރު މި ޓެކްސްތަކުން 963.6 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފިކުޅިވަރު | ދުވަހެއް ކުރިންވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފިޚަބަރު | މަހެއް ކުރިން އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ އެކްސްޕޯޓު 12.2 އިންސައްތަ އިތުރުވެއްޖެ ޚަބަރު | 3 މަސް ކުރިންކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ވިޔަފާރިވެރިން ތިބީ ތައްޔާރަށްޚަބަރު | 8 މަސް ކުރިން