logo
ޚަބަރު

އިޖްތިމާޢީ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނީ މި ސަރުކާރުން - ހަމްދާން ޝަކީލް

އަޙްމަދު ޒަލީފް
1 ޑިސެމްބަރު 2024 - 12:48
އިޖްތިމާޢީ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނީ މި ސަރުކާރުން - ހަމްދާން ޝަކީލް

އެހެން ސަރުކާރުތަކާ ޚިލާފަށް އިޖްތިމާޢީ ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނީ މި ސަރުކާރުން ކަމަށާއި، އެގޮތުން މާލެ ސަރަހައްދުގައި 13،000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ހަމްދާން ޝަކީލް ވިދާޅުވީ މާލެ ސަރަޙައްދުގައި ސޯޝަލް ހައުސިން ނުވަތަ އިޖުތިމަޢީ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް އެކުންފުނިން ނިންމާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި މިއަހަރުގެ ކުރީ ކޮޅު ސްރީލަންކާގެ ކުންފުންޏަކާއެކު 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އެފްޑީސީން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު އެކުންފުނިން މިހާރު ހަމައެކަނި ކުރިއަށްގެންދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ.

މި މަޝްރޫގެ މަސައްކަތް އަންނަ އަހަރގެ ތެރޭގައި ނިންމުމަށް އަމާޒު ވަނީ ހިފާފައެވެ. އެގޮތުން އެ މަޝްރޫއުއަށް ނުދައްކާ އޮތް 178 މިލިޔަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާއިރު މަސައްކަތް އަވަސްކުރުމަށް ބައެއްކަންކަމަށް ބަދަލުތަކެއްވެސް ގެނެސްފައިވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށްވާއިރު މި މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް އެއް ސިޔާސަތެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކުރުމާ ގުޅޭ މަޝްރޫޢުތަކަށް 3 ބިލިޔަނަށްވުރެ ބޮޑު ހޭދައެއް ކުރުމަށް ވަނީ ހިމަނާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމް: 2416 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 6 ދުވަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 9 ދުވަސް ކުރިންފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ވާހަކަ އަކީ ދޮގެއްޚަބަރު | މަހެއް ކުރިންގެދޮރުވެރިޔާގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރަނީޚަބަރު | 2 މަސް ކުރިން