logo
Bank of Maldives

Bank of Maldives

ޚަބަރު

ގެދޮރުވެރިޔާ ސްކީމް: 3032 އެއްބަސްވުމުގައި ސޮއިކޮށްފި

އާމިނަތު ޝަފާ
7 ސެޕްޓެމްބަރު 2025 - 14:07
ގެދޮރުވެރިޔާ ސްކީމް: 3032 އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 3032 އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު 3088 އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ވަނީ ތާވަލުކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މީގެ ތެރެއިން 3032 އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކޯޕަރޭޝަނުންވަނީ 4000 ހައުސިން ޔުނިޓު މަޝްރޫއުގެ ތެރެއިން 3000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވުމަކީ ކޯޕަރޭޝަނަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށް ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން މަސައްކަތް މުޅީން ނިންމާފައިވާ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

އެ ކޯޕަރޭޝަނުން މިހާރު ޑިޕޮސިޓް ދެއްކުމަށްޓަކައި އަންގަމުން ދަނީ ހުރިހާ މަސައްކަތް ނިމިފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކަށް ކަމަށާއި އެފަރާތްތަކަށް ފެލްޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދެއެވެެ.

އެފްޑީސީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުމެވެ. އެފްޑީސީން ބުނެފައިވަނީ ތަޅުގަނޑު ހަވާލުކުރާނީ، ސޮއިކުރުމަށްފަހު އެޕަރޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމާއި ޑިޕޮސިޓް ފައިސާ ދެއްކުމުންކަމަށެވެ. 

އަމާޒަކީ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް 3 މަސްދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާ އެކުވެސް އެއްބަސްވުން އެކުލަވާލުންކަމަށް ފަހިދިރިއުޅުމުގެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަންވެސް ފަހި ދިރިއުޅުން ކޯޕަޝަނުން ހާމަކޮށްފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންގެ އެގްރިމަންޓްގެ މަސައްކަތްތައް ނިންމާ ފްލެޓް ހަވާލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ފްލެޓްގައި ސޮއިކުރުމަށް އައިމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަންއިން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާ ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމް: 3032 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިން4000 ފްލެޓްގެ ނަރުދަމާ މަސައްކަތް ޓެސްޓިން މަރުހަލާގައިޚަބަރު | 2 މަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2416 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިން