ޚަބަރު
ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި
އަޙްމަދު ޒަލީފް
01 ޑިސެމްބަރު 2024 - 14:58
ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ވޭމަންޑޫ / ލަކްސްލީން، އިބްރާހީމް ޝަރީފް (23އ) އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ. މި މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ނޮވެމްބަރު 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ވޭމަންޑޫއިން ކިނބިދޫއަށް ފުރަން އުޅުނު ލޯންޗަކުން އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.