logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތުގައި ހަގީގީ ކުލަ ޖައްސާނީ މި ސަރުކާރުން: މިނިސްޓަރ

އާމިނަތު ޝަފާ
2 ޑިސެމްބަރު 2024 - 07:02
މިނިސްޓަރ ނާޒިމް
މިނިސްޓަރ ނާޒިމް

މާލެ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތުގައި ހަގީގީ ކުލަ ޖައްސާނީ މި ސަރުކާރުންކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މާލެ އަތޮޅު ޞިއްޙީ މަރުކަޒަށް 32 އަހަރު ފުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭ ތުލުސްދޫގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މާލޭ އަތޮޅު ހޮސްޕިޓަލް އެޅުމުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވަނީ މި ސަރުކާރުން މާލެ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

" އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ އެ ހުވަފެނުގައި ( ހޮސްޕިޓަލް ) މިސަރުކާރުން ކުލަ ޖައސައިދޭނެ. އެކަން ހަގީގަތަކަށް ހައްދަވއަިދެއްވާނެ"

މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކުރަންޖެގޭ މަސައްކަތާއި ގުޅޭކަންކަން ފިނޭންސް މިނިސްޓްރީއާއި އެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.

 

މި ރަސްމިއްޔާތުގައި މާލެ އަތޮޅު ޞިއްޙީ މަރުކަޒަށް ޚިދުމަތް ކުރަމުންދާ މުވައްޒަފުންނަށް އަގުވަޒަންކޮށް ވަނީ ހަނަދާނީ ފިލާ ދެއްވާފައެވެ. މީގެ އިތުރުން ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށްވެސް އެކަމުގެ އަގުވަޒަންކޮށް ޝަރަފުގެ ފިލާވަނީ އަރުއްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްމުވައްޒަފުން ބައިވެރިވަޑައިގެނެނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ސިއްޙީ ވުޒާރާއާއި ގުޅުން ރަނގަޅު ކުރުމަށް މިހާރު ވަނީ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސްފަ"ޚަބަރު | މަހެއް ކުރިންރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށްޚަބަރު | 2 މަސް ކުރިންޤައުމީ ޞިއްޙީ ލެބޯޓަރީ އަކީ އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިއްމު މަޝްރޫއެއްޚަބަރު | 3 މަސް ކުރިންގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމްޚަބަރު | 4 މަސް ކުރިން