logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން އިން އިތުރު 10 ބިން ވިއްކަނީ

މަރިޔަމް ޔަނާ އަލީ
2 ޑިސެމްބަރު 2024 - 11:29
ހުޅުމާލެ ފޭސް 2، ފޮޓޯ--/ އެޗްޑީސީ
ހުޅުމާލެ ފޭސް 2، ފޮޓޯ--/ އެޗްޑީސީ

ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 10 ބިން ވިއްކަން ބީލަމަށް ހުޅުވާލައިފިއެވެ.

ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ވިއްކާ 10 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ތިން ބިމާއި ބީޗް ސައިޑުން ވިއްކާ ހަތް ބިމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައިވަނީ 1،559 އަކަފޫޓާއި 3،250 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ބީޗް ސައިޑުން ހުޅުވާލާފައިވަނީ 1،230 އަކަފޫޓާއި 1،534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

މި ބިންތަކަށް އުމުރުން 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ އެވެ.


ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސަންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންޖެހެ އެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500 ރުފިޔާ އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާ އެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭނާ އެއްގޮތަށް އަމިއްލަ ފަރާތްތަކުން ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް ބިން ދޫކުރުމާއި، އެކި ކަހަލަ ވިޔަފާރިކުރުމަށް ޚާއްސަ އިމާރާތް އެޅުމަށްވެސް އެޗްޑީސީން ދަނީ ބިން ދޫކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ މަގުތައް މަރާމާތުކުރަން ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިންހިޔާ ފްލެޓުގެ ކުއްޔަށް ދިން ލުއިތައް، "މައީ ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލާލެވޭނެޚަބަރު | 3 ދުވަސް ކުރިންއިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ "އުފާ" ފެސްޓިވަލް، ސެންޓްރަލް ޕާކުގައި ފަށައިފިޚަބަރު | 16 ދުވަސް ކުރިންތަފާތު ހަރާކަތްތަކަށް ހުއްދަ ނެތި ސްޓޯލްތަށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ ޚަބަރު | 21 ދުވަސް ކުރިން