logo
ޚަބަރު

ޖަލުން ބޭރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ޤައިދީންނަށް ދެނީ

އަޙްމަދު ޒަލީފް
2 ޑިސެމްބަރު 2024 - 12:37
ޖަލުން ބޭރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ޤައިދީންނަށް ދެނީ

ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން ޖަލުން ބޭރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ޤައިދީންނަށް ފަހިކޮށްދީ ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ޙުކުމަށް ލުއި ދިނުމާއި ޙުކުމް މަޢާފުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަކީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިންމި ބައެއް މުޙިއްމު ކަންކަން:

ޤައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި ޖަލުގެ އެތެރޭގައާއި އަދި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮގްރާމްތައް ފުރިހަމަ ކުރާ ފަރާތްތަކަށް، އެކަމާ ގުޅުވައިގެން ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ޙުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުން.

ރީހެބިލިޓޭޝަން ފްރޭމްވަރކަށް އަމަލުކުރަން ފެށުމަށާއި، ޖަލުތަކުގައާއި، ޖަލުން ބޭރުގައި ޤައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމް ބަދަލުކުރުމަށާއި، ރީހެބިލިޓޭޝަން ފްރޭމްވަރކާއި، މަޢާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި އަދި ޙުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުމަށާއި، ކޮމިއުނިޓީ ސަރވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

20 އަހަރު ފަހުން ޤައިދީންގެ އެލަވަންސް ބޮޑުކޮށްފި ޚަބަރު | މަހެއް ކުރިންދަތި ހާލުގައި އުޅޭ ގައިދީންގެ އާއިލާތަކަށް އެހީވަނީ ޚަބަރު | 2 މަސް ކުރިންޤައިދީންނަށްވެސް މިހާރު ކަފާލާތަށް އެދެވޭނެ ޚަބަރު | 9 މަސް ކުރިންޖަލުން ބޭރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ޤައިދީންނަށް ދެނީ ޚަބަރު | 9 މަސް ކުރިން